1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވަޒީފާއިން ވަކިވުމާއެކު ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގޭނެގޮތް ހެދޭތޯ މަޖިލީސް ތެރެއިން ބަލާނަން: ރައީސް

eree
ފޮޓޯ: ރައީސް އޮފީސް
މަރްޔަމް ޝަފާ ސައީދު
268ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ


ވަޒީފާއިން ވަކިވުމާއެކު ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގޭނެގޮތަށް ޕެންޝަން ގާނޫނަށް އިސްލާހެއް ގެނައުމަށް މަޖިލީސް ތެރެއިން ބައްލަވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ސިލްސިލާގެ މިއަދުގެ ސެގްމަންޓުގައި ހުޅުމާލެ ފްލެޓް H-16-16-05، ފާޠިމަތު ޙަސަން މަނިކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

300 × 250

ފާޠިމަތު ޙަސަން މަނިކު ކުރި ސުވާލުގައި ވިދާޅުވީ ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ، ވަޒީފާއިން ވަކިވުމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯއެވެ.

އެސުވާލުގެ ޖަވާބުގަ ރައީސް ވިދާޅުވީ ޕެންޝަންގެ ފައިސާއަކީ ވަކި ގާނޫނަކުން ފޯރުކޮށްދެމުންދާ އިނާޔަތެއް ކަމަށާއި އެ އިނާޔަތަށް އެއްވެސް ބަދަލެއް ގެނެވޭނީ ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނެސްގެން ކަމުގައެވެ.

"ޕެންޝަންއަކީ ވަކި ގާނޫނެއްގެ ދަށުން ނަގަމުންދާ އެއްޗެއްކަށްވާމީ ސަރުކާރަށް އެއަށް ބަދަލެއް ގެނެވޭނީ ގާނޫނު އިސްލާހު ކޮށްގެން. އަޅުގަޑު ބޭނުން ޕެންޝަން ސްކީމް ވަރުގަދަ ކުރަންވެސް، އޭގެ ފައިދާ އެންމެ ރަގަޅު ގޮތުގައި އިތުރުވާނެ ގޮތް ހަދަންވެސް. ދެން އެއަށް އެއްވެސްކަހަލަ ބަދަލެއް ގެނެވޭނި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިގެން. އެހެންވީމަ ތި ވިދާޅުވިހަކަ އިސްލާހުތައް ގެނެވޭނެ ފުރުސަތު މަޖިލިސް ތެރެއިން ލިބިގެން ދިއުމަކީ ތިވިދާޅުވި ކަހަލަ ކަންތައްތައް ކުރެވޭނެގޮތް މަގުފަހު ވާނެގޮތް." ރައީސް ވިދާޅިވިއެވެ.

"އަޅުގަނޑު ބޭނުން ޕެންޝަން ފަންޑު ވަރުގަދަ ކުރަންވެސް. އޭގެއިން ރަނގަޅުގޮތުގަ ފައިދާވާގޮތްވެސް ހަދަން. އެއަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން."، އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާންމުންގެ ކަންބޮޑުވުން ގަބޫލުކުރެވޭ ކަމަށާއި، އެހެންނަމަވެސް ޕެންޝަންގެ ފައިސާއިން ބޭނުން ކުރެވޭނެ ގޮތް ހެދެން އަންނީ މަޖިލިސް ތެރެއިން ކަމުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި