1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރެސިޕީ

މިއަދު ވަޅޯމަސް ޕިއްޒާ އެއް ހަދާލަމާ ހިނގާ!

download
ދިވެހީންނާއި ގުޅޭ ރަހަމީރު ޕިއްޒާއެއް: ފޮޓޯ: ގޫގުލް:ސްޓޯން އަވަން
ރިޝާނާ ޢަބްދުލްއަޒީޒް
1,033ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބޭނުންވާނެ ތަކެތި:

މަސްގަނޑު ހަދާލުމަށް

200 ގުރާމް ވަޅޯމަސް،  ( ތުނިކޮށް ކޮށާފައި )

300 × 250

5 ޓޮމާޓޯ ( ކުދިކޮށް ކޮށާފައި )

1 ބޮޑުފިޔާ ( ކޮށާފައި )

1 ގިތެޔޮ މިރުސް ( ކުދިކޮށް ކޮށާފައި )

4 ލޮނުމެދު  ( ގާނާފައި )

6 ހިކަދިފަތް ( ކޮށާފައި )

1 ކިއުބް ޗިކަން ސްޓޮކް ( މެގީ )

300 × 250

ޕިއްޒާއަށް

1 ޕިއްޒާ ފުށްގަނޑު

1 ޖޯޑު ޕިއްޒާ ސޯސް

1 ޖޯޑު މޮޒަރެއްލާ ޗީޒް ( ގާނާފައި )

ތައްޔާރުކުރާނެގޮތް:

ތެއްޔަށް ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ލޮނުމެދު،ފިޔާ،މިރުސް އަދި ހިކަދިފަތް އަޅާފައި ފިޔާކޮޅު މޯޅިވަންދެން ކައްކާލާށެވެ.

ދެން ވަޅޯމަސް އަޅާފައި މަސް ރަގަނޅަށް ހަނާކޮށްލުމަށް ފަހު ޓޮމާޓޯ އަދި ޗިކަން ސްޓޮކް އަޅާފައި ގާތްގަޑަކަށް 2 މިނެޓް ވަންދެން ކައްކާލުމަށް ފަހު ހިހޫކުރަން ބަހައްޓާށެވެ.

ތައްޔާރުކުރި ފުށްގަނޑު ވަށްކޮށް ފަތުރާލާފައި ޕިއްޒާ ސޯސް ހާކާލާށެވެ. ދެން ހެދި މަސްކޮޅު އެއްވަރަކަށް އަޅާފައި، މަސްކޮޅު މައްޗަށް މޮޒަރެއްލާ ޗީޒް އަޅާލުމަށް ފަހު 200 ޑިގްރީއަށް އަވަން ހޫނުކޮށްލުމަށް ފަހު އަވަނަށް ޕިއްޒާ ލާފައި ފިހެލާށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި