1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުރިއަށް އޮތް ތަނުގައި, ރާއްޖޭގެ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނީ އެމްއެންޑީއެފް އެއަރ ކޯރއިން: އެމްއެންޑީއެފް

MNDF-Air-Co
ފޮޓޯ: ރައީސް އޮފީސް
މަރްޔަމް ޝަފާ ސައީދު
509ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރިއަށް އޮތް ތަނުގައި، ރާއްޖޭގެ އަސްކަރީ ވައިގެ ޚިދުމަތާއެކު، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން، އެ ސަރަޙައްދު ބެލެހެއްޓުމަށް ޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނީ އެމްއެންޑީއެފް އެއަރ ކޯރއިން ކަމުގައި އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އަލަށް އިފުތިތާހުކުރެވުނު އެމްއެންޑީއެފް އެއަަރ ކޯރގެ މަސްއޫލިއްޔަތަކީ، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން، އެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގުމާއި، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ދިފާއުކޮށް ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ އެންމެހާ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށްޓަކައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޭރިއަލް ސަރވެއިލަންސް އޮޕަރޭޝަންތައް ކޯސްޓްގާޑާއި ގުޅިގެން ހިންގުމާއި، ނޭޝަނަލް ސްޓްރެޓެޖިކް އިންސްޓޮލޭޝަންތަކާއި ކްރިޓިކަލް އިންފްރާސްޓްރަކްޗަރތައް ވައިގެ މަގުން ރައްކާތެރިކޮށް ބެލެހެއްޓުމާއި އަދި ދިވެހިރާއްޖޭގެ ސަރަހައްދުތަކުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ގެއްލޭ މީހުންނާއި އުޅަނދުފަހަރު ހޯދުމުގެ ގޮތުން ހިންގަންޖެހޭ ސާރޗް އޮޕަރޭޝަންތައް ހިންގުމުގައި އެހީތެރިވުން ކަމުގައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮމްބެޓް އެންޑް މެނޫވަރ ފޯސްތަކުގެ ތެރޭގައި ވައިގެ ދިފާޢުއަށް ޒިންމާވާ ބާރެއްގެ ގޮތުގައި އެމްއެންޑީއެފް އެއަރ ކޯރ އުފައްދަވައި، ރޭ ވަނީ އިފުތިތާހުކޮށްފައެވެ.

300 × 250

އެމްއެންޑީއެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވާފައިވަނީ، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ރޭ ބޭއްވި އެމްއެންޑީއެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރެއްވުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް އެއަރ ކޯރގެ ދިދަ ހާމަކުރަައްވައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަތްޕުޅަށް އެރުވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ. އަދި، އެމްއެންޑީއެފް އެއަރ ކޯރގެ ދިދަ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެއަރ ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޢޫފްއާ ހަވާލުކޮށްދެއްވާފައެވެ.

އެމްއެންޑީއެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަޑައިގެންނެވުމުން އެ މަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ދަޢުލަތުގެ ޢިއްޒަތްތެރިންނާއި، ޤައުމުތަކުގެ ސަފީރުންގެ އިތުރުން އެމްއެންޑީއެފް ޖެނެރަލް އޮފިސަރުންނާއި، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާ އިސް ބޭކަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި