1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މި 5އަހަރު ނިމޭއިރު ކޯސްޓްގާޑުގެ ކެޕޭސިޓީ ދެގުނަ އިތުރުކޮށް އެއަރކޯއަށްވެސް އުޅަނދުތައް އިތުރުކުރާނަން: ރައީސް

ހޔުޖ
ފޮޓޯ: ރައީސްއޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
856ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މި ފަސްއަހަރު ނިމޭއިރު, ކޯސްޓްގާޑުގެ ކެޕޭސިޓީ މިހާރަށްވުރެ ދެގުނަ އިތުރު ކުރައްވާނެކަމަށާއި އެއަރ ކޯރ އަށްވެސް އިތުރު އުޅަނދުތައް އިތުރުކުރެވި، އެއްގަމުގައި ބޭނުންކުރާ ވެހިކަލްތަކާއި ޕްލެޓްފޯމްތައްވެސް އިތުރުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާޙުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާގައި އިތުރު ގިނަ ކަންތައްތައް ތަޢާރަފު ކުރައްވާނެކަން އިޢުލާނު ކުރެއްވިއެވެ. އެގޮތުން ކުރިން އަޅައިލުމެއް ނެތި ހުރި އަސްކަރީ ވަޞީލަތްތައް އާބާތުރަ ފިލުވައި ރަނގަޅު ފެންވަރަކަށް ގެނެސް، އެތަންތަނަކީ ވެސް އަސްކަރިއްޔާގެ ބޭނުންތަކަށް އަދި ރައްޔިތުންނަށް ރަނގަޅަށް ޚިދުމަތްކުރެވޭނޭ ފެންވަރުގެ ތަންތަނަށް ހެދުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ހަމަޖައްސަވައިދެއްވާފައި ވާނެކަމުގައި ވިދާޅުވިއެވެ.

300 × 250

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް މުހިންމީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ބާރުވެރިކަމުގައި ހުރިހާ މާނައެއްގައި މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމިއޮތުންކަމުގައެވެ.

ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނޫންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ 9 ލައްކަ އަކަ ކިލޯމީޓަރަށް ވުރެ ބޮޑު އިޤުތިޞާދީ ޚާއްސަ ސަރަޙައްދެއް ހިމެނޭ ބޮޑު ޤައުމެއްކަމަށާއި އަދި އެސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ޤާބިލުކަން މިހާރު ހުރި ޤައުމެއްކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމެއްކަން ފާހަގަކުރައްވައި ރާއްޖެއިން ރާއްޖޭގެ އިންފާރު ބެލެހެއްޓުމަކީ އެހެން ބަޔަކު އެކަމާ ކަންބޮޑުވާންޖެހޭކަމެއް ނޫންކަމުގައި ވެސް ވިދާޅުވިއެވެ. ހަމައެހެންމެ ރާއްޖެއަކީ ހުރިހާ ޤައުމަކާވެސް ގާތްގުޅުން އޮންނާނެ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމު ދިފާޢުކުރުމަކީ ހުރިހާ ފިކުރެއްގެ އަދި ހުރިހާ ގިންތިއެއްގެ ދިވެހިރައްޔިތުންގެވެސް ވާޖިބެއް ކަމަށާ، މިނިވަންކަމާ ޤައުމުގެ ސިޔާދަތީ ކަންކަމުގައި އަޅުގަނޑުމެން ހުރިހާ ދިވެހީންގެ ފިކުރާ ދައްކާ ވާހަކަވެސް ޤައުމުގެ ޙައްގުގައި އެއްގޮތްވާން ޖެހޭނޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި