1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހިޔާ ޓަވަރުތަކުގައި އަލަށް ހަރުކުރާ ލިފްޓްތަކުން ބަލި މީހުން ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެ: ރައީސް

capture-2-2
ފޮޓޯ: ރައީސް އޮފީސް އެކްސްޕޯސްޓް
މަރްޔަމް ޝަފާ ސައީދު
381ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހިޔާ ޓަވަރުތަކުގައި އަލަށް ހަރުކުރާ ލިފްޓްތަކުން ބަލި މީހުން ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ސޯޝަލް މީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސް އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ ގދ.ގައްދޫ، ކައިރުގޭ، މުޙައްމަދު ލަބީބު، ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ، މުހައްމަދު ލަބީބު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހިޔާ ފްލެޓްތަކުގައި ހަރުކުރާ ލިފްޓުތައް ތައްޔާރުކޮށްފައި ހުންނާނީ ބަލި މީހުން އުފުލުމުގައި ފަސޭހަވާނެ ގޮތަށް ކަމަށެވެ.

300 × 250

"ހިޔާ ފްލެޓްތަކުގައި ހަރުކުރެވޭ ލިފްޓުތަކުގެ މަޝްރޫއު ނިމޭއިރު، އިރާދަކުރެއްވިއްޔާ ފާހަގަ ކުރެއްވި ކަންތަކަށް ހައްލެއް ލިބިގެންދާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ބަލި މީހުން އުފުއްލޭނެ އެއްވެސް އިންތިޒާމެއް ފްލެޓްތަކުގައި ނެތްކަން މުހައްމަދު ލަބީބް ވަނީ ފާހަގަކޮށްފައެވެ. ރައީސް ވިދާޅުވީ ބަލިމީހުން އުފުލުމަށް ސްޓްރެޗާ އެރުވޭނެ ލިފްޓުތައް ވެސް އަލަށް ހަރުކުރާ ލިފްޓުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

"މިހާރު ހަރުކުރަމުންދާ ލިފްޓުތައް ހަރުކުރާއިރުގައި ސްޓެރޗާ އެރުވޭ ލިފްޓުވެސް އޭގައި ހިމެނޭނެ." ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕް އާ ވަނީ ހަވާލުކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ހިޔާ ފްލެޓްތަކުގައި މުޅި ޖުމްލަކޮށް 32 އާ ލިފްޓް ބެހެއްޓިގެންދާނެއެވެ. އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެކެވެ. ޕެސެންޖަރ ލިފްޓުގައި 14 މީހުންގެ ކެޕޭސިޓީ ހުންނާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި