1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބީ.އެމް.އެލް އިން ގދ.ތިނަދޫގައި  އިޖްތިމާއީ ހަރަކާތްތައް ހިންގައިފި

236298672_2951275421786659_3522758992023538175_n
ޢަޒީޒާ އަފީފް
940ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވޯލްޑް ހިއުމަނިޓޭރިއަން ޑޭ ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ގދ.ތިނަދޫގައި  އިޖްތިމާއީ ހަރަކާތްތަކެއް ހިންގައިފިއެވެ.

ބީއެމްއެލްއިން ވިދާޅުވިގޮތުގައި ރާއްޖޭގެ 6 ރަށެއްގައި އިޖްތިމާއީ ހަރަކާތްތަކެއް މިވަނީ ހިންގާފައެވެ. އެގޮތުން ބަލާއިރު ގދ.ތިނަދޫގެ އިތުރުން ށ. ފުނަދޫ، ނ. މަނަދޫ، ފ. ނިލަންދޫ. ތ. ގުރައިދޫ، އަދި އައްޑޫ ސިޓީ ހިމެނެއެވެ.

ބީއެމްއެލްގެ މުވައްޒަފުން 6 ރަށެއްގައި އިޖްތިމާއީ ހަރަކާތްތަކެއް ހިންގައިފިއެވެ.

300 × 250

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ މިއީ ވޯލްޑް ހިއުމަނިޓޭރިއަން ޑޭ ފާހަގަކުރުމުގެ ގޮތުން އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ ބީއެމްއެލްގެ ބްރާންޗްތަކުގެ މުވައްޒަފުން އިސްނަގައިގެން މުޖުތަމައަށް އެހީތެރިވުމަށް ބޭއްވި ހަރަކާތްތަކެއްކަމަށެވެ.

ބީއެމްއެލް އިން ހާމަކުރިގޮތުގައި ވޯލްޑް ހިއުމަނިޓޭރިއަން ޑޭ ފާހަގަކުރުމުގެ ގޮތުން:

-ށ. ފުނަދޫ ގެ ބަނދަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ހަޓް ވަނީ ތަރައްޤީކޮށް ތަން ސާފުކޮށް ކުލަލުމުގެ އިތުރުން ކުޑަދޮރުތަކުގައި ބްލައިންޑްސް ވަނީ ހަރުކޮށްފައެވެ.
- ނ. މަނަދޫގެ އިރުމަތީ ފަރާތުގެ އަތިރިމަތީ ސަރަހައްދުގައި 25 ޖޯލި ބަހައްޓައި ރަށުގެ ކުޑަކުދިން ބޭނުންކުރުމަށް ހާއްސަކޮށް އުނދޯލި ވަނީ ހަރުކޮށްފައެވެ.

- ފ. ނަލަންދޫ ބްރާންޗުގެ މުވައްޒަފުންވަނީ ނިލަންދޫ ބީޗް ސަރަހައްދުގައި ހުރި ޖޯލިތައް ބަދަލުކޮށް، ޑަސްޓްބިން ބަހައްޓައި، މޫދަށްދާ ފަރާތްތަކަށް ފެންވެރުމަށް ހާއްސަ ތަނެއް ގާއިމްކޮށް، ބާބަކިއު ސްޓޭންޑް ބަހައްޓައި، މި ސަރަހައްދުވަނީ އިތުރަށް ތަރައްޤީކުރެވުނެވެ.
- ތ. ގުރައިދޫ ބްރާންޗް މުވައްޒަފުންވަނީ އެރަށުގެ ޔޫތް ސެންޓަރުގެ އެތެރެ އާއި ބޭރު ފާރުގައި ކުލަލައި މި ސެންޓަރުގެ ހުރިހާ ލައިޓްތައް ބަދަލުކޮށްފައެވެ.
- ގދ. ތިނަދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ރަށުގެ މިއުޒިއަމް ޕާކްގައި ކުލަލައި އެތަން ޒީނަތްތެރިކޮށްފައެވެ.

- އައްޑޫ ސިޓީ ހިތަދޫ ބްރާންޗުގެ މުވައްޒަފުންނާއި، ގަން ބްރާންޗުގެ މުވައްޒަފުންގެ އިތުރުން ބީއެމްއެލް ކޮންޓެކްޓް ސެންޓަރގެ މުވައްޒަފުން ގުޅިގެން ވަނީ 'ހަންކެޑަ' ޕިކްނިކް ސަރަހައްދު ސާފުކޮށް ޑަސްޓްބިން ބަހައްޓައި މި ސަރަހައްދު ފާހަގަކުރުމަށް ނަން ބޯޑު ބަހައްޓާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި