1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބަނޑެއް ލާތީ ކަންބޮޑުވަނީތަ؟ ނިކަން މި ބުއިމުގެ އަޖުމަ ބަލާލަމާ!

photogrid.collagemaker.photocollage.squarefit_2024318102443646
ފޮޓޯ: އައިސްޓޮކް
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,814ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބަނޑު ހިންދަން އެކިކަހަލަ ކަންތައްތައް ކުރަނީ ހަގީގަތުގައި ވެސް ބަނޑެއްލާފައި ހުރުމުން، އެކަމާ ހިތްދަތިވެ ކަންބޮޑުވާތީއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް، ސިއްހަތު ދެކެ ލޯބިވާ މީހުން ދަ ދެރަވެ ކަންބޮޑުވާ ފަދައިން ޒުވާން ޖިންސުއްލަތީފުންނެކޭ، ޒުވާން ފިރިހެންބޭފުޅުންނެކޭ މިކަމުގައި ތަފާތެއްނެތެވެ.

އަންހެންބޭފުޅުން ބޭނުންވާކަހަލަ ނަލަނަލަ ހެދުމެއް ލައިގެން ހުންނައިރު ވަކިން ބަނޑު ބޭރަށް ހުންނަތަން ފެނުމަކީ އެމީހުންނަށް ވަރަށް ބޮޑު ހިތާމައެކެވެ. ހަމައެހެންމެ ފިރިހެން ބޭފުޅުންނަށްވެސް ބަނޑެއް ހުރުން ކަމަކުނުދެއެވެ.

300 × 250

ސިކްސްޕެކްއަށް މަސައްކަތް ކުރަނީ އިމްތިހާނު ޕޭޕަރަށްވެސް މަސައްކަތް ނުކުރާ ވަރަށެވެ.

ކޮންމެއަކަސް ބަނޑެއް ހުރުމަކީ މީހާގެ ނަފްސަށް އެކަމުން އެތަކެއް އުނދަގުލާއި ގެއްލުން ވާ ކަމަކަށް ވާތީ ބަނޑު ހިންދަން މަސައްކަތް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްކަން ގައިމެވެ.

މިކަމަށް ވަރަށް ފަސޭހަ ގޮތެއް ބުނެދެން ހެއްޔެވެ. ހަރަދު ކުޑަ އަދި ފަސޭހަ ވެސް ގޮތެކެވެ. މިއީ އެތެރެހަށްޓަށް ފިނިވެސް ކޮށްލަދޭނެ ބުއިމެކެވެ.

މިބުއިމުގައި ބޭނުންކޮށްފައިވާ ތަކެއްޗަކީވެސް އޭގެ ޒާތުގައި ބަރުދަނާއި ކޮލެސްޓްރޯލްފަދަ ކަންކަމުން މީހާ ސަލާމަތްކޮށްލަދޭނެ ތަކެއްޗެވެ.

lemon-mint-cucumber

ޑިޓޮކްސް ވޯޓާރ.... ފޮޓޯ: އައިސްޓޮކް

300 × 250

މިންޓް ފަތްތަކުން ހަޖަމުކުރާ އެންޒައިމްތައް އުފެއްދުމަށް ބާރުއަޅައި، ކާނާއިން ނިއުޓްރިއެންޓްސް ވަކިކޮށް ނަގައިދިނުމަށް މަގުފަހިކޮށްދެއެވެ.

އެންހަންސްޑް ނިއުޓްރިއަންޓް އެސިމިލޭޝަންގެ ސަބަބުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ މެޓަބޮލިޒަމް ހަރުދަނާ ކޮށްދެއެވެ.

ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސް ހިމެނޭ ލުނބޯގެ ފައިދާ ނުހަނު ބޮޑެވެ. ބަނޑުހިންދުމަށް ކޮންމެ ރެސިޕީއެއް ހެދިޔަސް ލުނބޯ އޭގައި ހިމެނޭނެއެެވެ.

ކިޔުކަމްބާގައި ފައިދާހުރި ނިއުޓްރިއެންޓްސް ގިނަ އަދަދަކަށް އެކުލެވިގެންވާއިރު މިއީ ސަރުބީ ޖެހުމުން ދުރުކޮށްދީ، ސަރުބި ވިރުވާލަދޭ ބާވަތެކެވެ.

Cucumber-Lemon-Mint-Water

ފޮޓޯ: އައިސްޓޮކް

300 × 250

މިއީ ޑިޓޮކްސް ވޯޓާރ ގެ ވައްތަރެކެވެ. މިބުއިމަކީ ފެނުގެ ބަދަލުގައި ވެސް ބޯލަން އެންމެ ރަނގަޅު ބުއިމެކެވެ.

• 3 ޖޯޑު ފިނިކުރި ފެން • 1 ކިއުކަންބާ (ފޮތިފޮތިކޮށް ކޮށާފައި) • މިންޓް ފަތް • 1/2 ފޮތި ލުނބޯ • 1/2 ފޮތި އޮރެންޖް

މިހުރިހާ އެއްޗެއް މިކްސްޗަރުގައި ގިރާލާށެވެ. އެހެރީ ބުއިން ތައްޔާރު ވެފައެވެ. ސިއްހަތަށް ފައިދާ ހުރި ބުއިމެކެވެ. ޔަގީނުންވެސް ބަނޑުގައި ހުރި ސަރުބީތަކަށް އަސަރު ކުރަން ފަށާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި