އިންޑޮނޭޝިޔާގައި މަސްޖިދުއް ރަޙީމް ގެ ނަމުގައި މިސްކިތެއް، ދިވެހިންގެ ނަންމަތީގައި، ބިނާކޮށްފިއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން މައުލޫމާތު ދެމުން ބުނި ގޮތުގައި މި މިސްކިތުގެ އިތުރުންވެސް އެތަކެއް މިސްކިތެއް ދިވެހިންގެ ނަމުގައި އެކި ކަންކޮޅުތަކުގައި ބިނާކުރެވިފައިވެއެވެ. އަދި މިހާރުވެސް ދެމިގެންދަނިވި ޞަދަޤާތް ތަކަށް ހާއްސަކުރެވިފައިވާ ތަޖްރީ ޕްރޮޖެކްޓްގެ ތެރެއިން މމމމމމމމމދެ މިސްކިތެއް ބިނާކުރުމަށް އެހީވުމަށް ހުޅުވާލެވިފައިވާ ކަމަށް އައިއޭސީ އިން ވަނީ ބުނެގައެެ
ބެނިން އާއި ނައޖީރިއާގައި އެޅުމަށް ހަމަޖެހިފައިވާ މި ދެ މިސްކިތަކީ 200 އަކަމީޓަރު ހުންނަ، 240 މީހުންގެ ޖާގައިގެ މިސްކިތްތަކެކެވެ.
މި މިސްކިތްތައް ބިނާ ކުރުމަށް ޖުމްލަ 572،000 ރުފިޔާ ހޭދަވާއިރު، އައިއޭސީ އިން ބުނީ ކުޑަ އަގެއްގައި މި ދެ މިސްކިތް ބިނާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ބޭނުން އަދަދެއް ކިތަންމެ ގިނަ ފަހަރަކުވެސް ހަދިޔާ ކުރެވޭނެ ކަމަށެވެ. އަދި މި މިސްކިތްތައް ބިނާ ކުރަން ހަދިޔާ ކުރަން ބޭނުންވާނަމަ، ތަޖްރީ އެކައުންޓަށް ޓްރާންސްފަރ ކުރުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
- ބޭންކް: ބީއެމްއެލް އިސްލާމިކް
- އެކައުންޓް ނަމްބަރު: 7770000062742
- އެކައުންޓް ނަން: International Aid Campaign
- އެކައުންޓް ލޭބަލް: IAC | SADAQA JAARIYA







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.