1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް އަވަހަށް ނިންމުމަށް ބާރުއަޅާނަން: ރައީސް

ފޮޓޯ: ރައީސް އޮފީސް އެކްސްޕޯސްޓުން
މަރްޔަމް ޝަފާ ސައީދު
254ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރު ކުރުމުގެ މަސައްކަތް އަވަހަށް ނިންމަން ބާރު އަޅުއްވާނެ ކަމުގެ ޔަގީން ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި ގދ. ފަރެސްމާތޮޑާ، ގަސްކޯނި، ހަލީމާ ޝާހިޔާ ކުރި ސުވާލަކީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިމޭނެ ތާރީހަކާ މެދުގައެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރު ކުރުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަމަަށާއި، އެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުވެސް ކުރެވިފައިވާ ކަމަށެވެ. ސަރުކާރުން އެ މަސައްކަތް ހަވާލު ކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕްއާއެވެ.

300 × 250

މި އެއްބަސްވުމުގެ ދަށުން ހިޔާ ފްލެޓްތަކުގައި ޖުމްލަ 32 ލިފްޓް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެއީ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި ދެ ލިފްޓެވެ. ކޮންމެ ޓަވަރެއްގައި ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ޕެސެންޖާ އަދި ސްޓްރެޗާ ލިފްޓެކެވެ.

ރައީސް ވިދާޅުވީ މިހާރު ޑީޓެއިލް ޑިޒައިނިން މަސައްކަތް ކުރިއަށްދާ އިރުގައި އަންނަ މަހުގެ ތެރޭގައި ޗައިނާ ކުންފުނިން އަމަލީ މަސައްކަތް ފެށުމަށް ހިޔާ ފްލެޓް ސަރަހައްދަށް ގޮސް މޮބިލައިޒް ކުރާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑު އަދިވެސް ބާރު އަޅާނަން ވީހާވެސް އަވަހަށް އަމަލީ މަސައްކަތަށް ދާން. މިހާރު ޑިޒައިނިން މަސައްކަތް ނިމެނީ. ދެން އެޑްވާންސް ޕޭމަންޓް ސަރުކާރުން ވަރަށް އަވަހަށް ދޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްބަސްވުން އޮންނަ ގޮތުން ފައިސާ ދޭތާ އެއް މަސް ދުވަހުގެ ތެރޭގައި މޮބަލައިޒް ކުރަން ޖެހޭނެ ކަމަށެވެ.

"ނަމަވެސް އަޅުގަނޑު ވަރަށް ބޮޑަށް ބާރު އަޅާނަން އެކަން އެއަށް ވުރެ އަވަހަށް ފަށަން. ދެން އެގްރީމަންޓް އޮންނަނީ އަމަލީ މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ލިފްޓެއް ހަރުކޮށް ނިންމަން. މިއީ ވަރަށް ބައިވަރު ލިފްޓު. ކޮންމެ ފްލެޓެއްގައި ދެ ލިފްޓު. އެހެން ނަމަވެސް އެއަށް ވުރެ ކުރިން ނިންމަން ސަރުކާރުން ވަރަށް ބާރު އަޅާނަން،" ރައީސް ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި