1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

"ބިންވެރިޔާ" ގެ ބައެއް ގޯތިތައް ކަރަންޓާއި, ފެނާއި, ނަރުދަމާގެ ނެޓްވޯކުތަކުގެ މަތީގައި!

ރފ4
އެޗްޑީސީން އާންމު ކުރި ވީޑިއޯގެ ސްކްރީން ޝޮޓެއް.
މަރްޔަމް ޝަފާ ސައީދު
314ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގޯތިތައް ދީފައި ހުރީ ކަރަންޓާއި، ފެނާއި، ނަރުދަމާ ނެޓްވޯކް މަތިން ކަަމަށް އެޗްޑީސީން ބުނެފިއެވެ. އެގޮތަށް ހުރުމުން އެ ރިލޮކޭޓް ނުކޮށް ގޯތިތައް ހަވާލު ކުރަން އުނދަގޫ ވާނެތީ ރީލޮކޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ދިނުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ތެރެއިން ފެނާއި ނަރުދަމާ އަދި ކަރަންޓު ނެޓްވޯކްތަކުގެ މަތިން ދޫކޮށްފައިވާ ޕްލޮޓްތައް ފާހަގަކޮށް، މިކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަކީ ކޮބައިކަން ބަލައި ރައްޔިތުންނަށް ޕްލޮޓު ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެޗްޑީސީން ދަނީ ކުރަމުންނެވެ.

އެޗްޑީސީން "އެކްސް" ގައި އާންމު ކުރި ޕޯސްޓެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސްގެ އެސިސްޓަންޓް މެނޭޖަރު މުހައްމަދު ސިރާޖް ވިދާޅުވީ ބިން ލިބުނު ފަރާތްތަކަށް ބިން ހަވާލު ކުރުމުގެ މަސައްކަތްކޮށް އިން ފާރު ރޭނުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

300 × 250

ނަމަވެސް އެޗްޑީސީ އަށް ދިމާވެފައިވާ ބައެއް ހުރަސްތަކާ ގުޅިގެން ބައެއް މީހުންނަށް އިން ވަކިކޮށް ބިން ހަވާލު ކުރުމުގައި ލަސްތަކެއް ދިމާވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ވ55އެޗްޑީސީން އާންމު ކުރި ވީޑިއޯގެ ސްކްރީން ޝޮޓެއް.

ކަރަންޓާއި ފެނާއި ނަރުދަމާގެ ނެޓްވޯކް އަރާ ގޮތަށް ގިނަ ގޯތިތަކެއް ކަނޑައަޅާފައި ވަނީ. މި ގޯތިތައް ދޫކުރުމުގެ ކުރިން އަޅުގަނޑުމެން އެބަ ޖެހޭ މި ނެޓްވޯކްތައް ގޯތިތަކަށް ނާރާނެ ގޮތަށް ރީލޮކޭޓް ކުރަން،" އެޗްޑީސީން އާންމު ކުރި ވީޑިއޯއެއްގައި ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އެކަމުގައި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާ ވާހަކަ ދައްކައިގެން ކުރަމުންދާ ކަމަށެވެ. މި ނެޓްވޯކްތަކާ ގުޅިފައިވާ އާންމު ހިދުމަތްތަކަށް ބުރޫ ނާރާނެ ހެން ރޭވުންތެރިކަމާ އެކީގައި ސާވިސް ލައިން ބަދަލުކޮށްގެން ނޫނީ އެ ސަރަހައްދުން ދޫކޮށްފައިވާ ބިން ހަވާލު ކުރުމަކީ ވަރަށް ދަތިކަމެއް ކަމަށް ސިރާޖު ވިދާޅުވިއެވެ.

"އިން ވަކިކޮށް ބިން ހަވާލު ކުރުމުގައި ދިމާވާ ހުރަސްތައް ނައްތާލައި ގޮންޖެހުންތައް ހައްލުކޮށް ގޯތީގެ ވެރިންނާ ބިން ހަވާލު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން އެޗްޑީސީގެ ފަރާތުން ކޮށްދޭނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން،" ސިރާޖު ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 އަށް ވުރެ ގިނަ ގޯތި ދޭނެއެވެ. މި ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް ބިމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައެވެ. ކުރީ ސަރުކާރުންވެސް ވަނީ ބައެއް ފަރާތްތަކަށް ބިމާއި ރަޖިސްޓްރީ ހަވާލުކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި