ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުފެއްދެވި އިދާރާގެ މަސައްކަތް އަވަހަށް ފެށިގެންދާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ނެޝަނަލް ސައިވާ ސެކިއުރިޓީ އެޖެންސީ ހިންގުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއާއެވެ.
ވަޒީރު އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގައުމީ ސައިބާ ސެކިއުރިޓީއަށް އޭޖެންސީއެއް ބޭނުންވާކަން ދެނެގަނެ އަފަދަ އިދާރާއެއް އުފެއްދެއްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ އެ އިދާރާގެ މަސައްކަތް ވީހާ ވެސް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ ރައީސް ގާއިމުކުރެއްވީ، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި، ސައިބާ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ކަމަށް ރައީސް އޮފީހުން މައުލޫމަަތު ދެއްވައެވެ.
އަދި ދައުލަތުގެ މުއައްސަސާތަކުގެ ސައިބާ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށާއި، ސައިބާ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށްވެސް ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.