1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޖިލިސް އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިނަށް ރައީސް ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފި

ދ 6
ފޮޓޯ: އެކްސް
މަރްޔަމް ޝަފާ ސައީދު
295ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރާ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގައި ދޮރުން ދޮރަށް ހިންގެވުމުގެ ކެމްޕެއިން މިއަދު ފައްޓަވައިފިއެވެ.

ރައީސް ވަނީ ބުރާސްފައްޗާއި ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން 3:00 މާލޭގެ ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ހާލު ބެއްލެވުމަށް ނިންމަވައިފައެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ހެންވޭރު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށެވެ.

ރައީސް މާލޭގައި ކެމްޕެއިން ކުރައްވަން ފެއްޓެވި އިރު، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު ދާދި ފަހުން ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައިފައެވެ. އަދި އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލު ކުރެއްވިއެވެ.

300 × 250

އެމަނިކުފާނު ދަތުރުފުޅު ރޯދަ އަށް މެދުކަނޑާލެއްވި އިރު، 150 ރަށެއްގެ ކައުންސިލާ ބައްދަލު ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ގައެވެ. ޕީއެންސީގެ ޓިކެޓުގައި މަޖިލީސް އިންތިހާބުގައި 89 ކެންޑިޑޭޓުން ވާދަކުރެއެވެ.

މަޖިލިސް އިންތިހާބުގައި 284،887 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި