1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކާށިދޫގައި އެހެލާފައި އޮތް ދޯންޏެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި

FB_IMG_1710795613038
ފޮޓޯ ސޯޝަލްމީޑިއާ
މަރްޔަމް ޝަފާ ސައީދު
356ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކ. ކާށިދޫގައި އެއްގަމަށް އެހެލާފައި އޮތް ދޯންޏެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގީ ބެލެވޭ ގޮތުގައި ރޭ 12:50 ހާއިރެވެ.

ހާދިސާގެ އިތުރު މައުލޫމާތު ބައެއް މީޑިޔާތަކަށް ހިއްސާކުރައްވަމުން ކ. ކާށިދޫ ކައުންސިލް ރައީސް މުޙައްމަދު އާމިރު ވިދާޅުވީ އަލިފާން ރޯވީ އެހެލާފައި އޮންނަތާ ހަތަރު އަހަރަށްވުރެ ގިނަ ދުވެސްވެފައިވީ ބާ ދޯންޏެއްގައި ކަމަށެވެ.

300 × 250

އެ ތަނުގައި ކައިރިކައިރީގައި، ޖެހިޖެހިގެން ދެ ދޯނި އެހެލާފައި ބާއްވައިފައި އޮތް ކަމަށާއި، އެއް ދޯނިގައި ހުޅު ހިފައި، ރޯވެ ޖެހިގެން އޮތް ދެވަނަ ދޯނީގައި ވެސް ހުޅު ހިފީކަމަށް އާމިރު ވިދާޅުވިއެވެ.

އޭނާ ބުނީ އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި