ޑޮލަރު ބޮޑުއަގުގައި، ކަޅުބާޒާރުގައި ވިއްކާ މައްސަލައަށް ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭ، ޑޮލަރުގެ އާންމު ރޭޓް އަދިވެސް ދަށަށް ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިރު ރާއްޖޭގެ އޮގްތިސޯދު އޮތް ހާލަތުން އަރައިގަތުމަށް އެމަނިކުފާނު ކުރެއްވި ޕްލޭންތަކާއި ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފި ކަމަށެވެ.
އެ ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ޑޮލަރުގެ ރޭޓް މައްޗަށް ދާން ފަށާފައި އޮތް ނަމަވެސް ރޯދަ މަހާއި އުމްރާ އާއި ހައްޖަށް ދިއުމުގެ އިތުރުން ރާއްޖެއަށް އެތެރެ ކުރާ މުދާ އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ޑޮލަރުގެ ރޭޓް ދަށަށް ދާ ކަން ފާހަގަވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.