ރޯދަ މަސް ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ތެރޭގައި ބާއްވާ ބައްދަލުވުންތަކުގައި މުވައްޒަފުން ބައިވެރިވާ އިރު، ފޯނު ބޭނުން ނުކުރެވޭ ގޮތަށް ހަދައިފިއެވެ.
ޕީޖީ ހުސައިން ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި ވިދާޅުވެފައިވަނީ މަސައްކަތުގެ މާހައުލުގައި މޮބައިލް ފޯނާ ނުލައި އުޅެން ދަސްކުރުމުގެ ގޮތުން ރޯދަމަހު އެ އޮފީހުގެ ހުރިހާ މުވައްޒަފުން ވެސް ބައްދަލުވުންތަކަށް މޮބައިލް ފޯނު ވެއްދުން މަނާކޮށްފައިވާ ކަމަށެވެ.
އޭގެ ބޭނުމަކީ ބައްދަލުވުންތަކުގައި ދެއްކެވޭ ވާހަކަތަކާއި ކުރަންޖެހޭ މަސައްކަތްތަކަށް ސަމާލުކަން ހޯދުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އެއީ އާންމުންނަށް ލަގްޒަރީ ފެންވަރުގެ ހިދުމަތެއް ދިނުމަށް މުހިންމު ކަމެއް ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނީ، އެކުރާ ކަމަކަށް އާދަޔާ ހިލާފު ބޮޑު ފޯކަސްއެއް، ސަމާލުކަމެއް ދީގެން ކަަމަށްވެސް ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.