މިސްކިތްތައް ފޮޅާ ސާފުކުރާނެ މީހުން ލިބުމުގެ ދަތިކަން ހުރުމުން، ފޮޅާ ސާފުކުރާ މީހުންނަށް ވަޒީފާ ދޭ މުއްދަތު އިތުރުކޮށް، ފޮޅާ ސާފުކުރުމަށް ދިވެހުން ހޯދުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ. ސިޓީ ކައުންސިލަށް ނިންމާފައިވަނީ މިސްކިތްތައް ފޮޅާ ސާފުކުރުމަށް 114 މީހުން ހޯދުމަށް ފާއިތުވި މަހު އިއުލާން ކޮށްގެން އެކަށީގެންވާވަރަށް މީހުން ކުރިމަތި ނުލުމާއި ގުޅިގެންނެވެ. މޭޔަރު އާޒިމް ވިދާޅުވެފައިވާ ގޮތުގައި 114 ވަޒީފާއަށް އިއުލާން ކުރުމުން ކުރިމަތީ އެންމެ 14 ދިވެހިންނެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި މި މަސައްކަތަށް ދިވެހިން ލިބުމަށް ކުރިމަތިވާ ގޮންޖެހުމެއްގެ ގޮތުގައި ފާހަގަވެފައިވަނި އެއް އަހަރަށް ކޮންޓްރެކްޓް ކުރުމެވެ. އިންޓަވިއު އަށް އައިސްފަވެސް ބައެއް މީހުން ވަޒީފާ ބޭނުން ނުވޭ އެއް އަހަރުދުވަހަށް ކޮންޓްރެކްޓު ހަދާތީ. އެހެންވީމަ މި އުސޫލު ބަދަލުކުރީމަ ދިވެހީން ލިބޭނެ ކަމަށް އަޅުގަނޑު އުއްމީދު މި ކުރަނީ. އާޒިމް ވިދާޅުވިއެވެ. އިއްޔެ ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި އާޒިމްވަނީ ސިޓީ ކައުންސިލުން އެއް އަހަރުދުވަހަށް ނަގާ މުވައްޒަފުން 3 އަހަަރަށް ނަގާގޮތަށް ފާސްކުރުމަށް ހުށަހަޅުއްވާފައެވެ. އަދި ސިޓީ ކައުންސިލުންވަނީ އެގޮތަށް ބަދަލު ކުރުމަށް ފާސް ކޮށްފައެވެ. މީގެ ކުރިން މިސްކިތަތައް ސާފުކޮށް ބަލަހައްޓަނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމުގައި ވީނަމަވެސް، މިސްކިތްތަށް ސާފުކޮށް ބެލެހެއްޓުމާއި އެންމެހާ ކަންކަން މިހާރުވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކޮށްފައެވެ.
3 އަހަރަށް ކޮންޓްރެކްޓް ކުރާގޮތަށް، މިސްކިތްތައް ފޮޅާ ސާފުކުރާނެ ދިވެހިން ހޯދަނީ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.