1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދެ ޙާލަތެއްގައި ނުނީ ބޭނުން ނުކުރެވޭ ގޮތަށް ހަދަން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލް މަޖިލީހުގެ ތަޅުމަށް

majlis Majilis
ހުވަދޫ ނިއުސް ޓީމް
218ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދެ ޙާލަތެއްގައި ނުނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބޭނުން ނުކުރެވޭ ގޮތަށް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިއެވެ.

ބުދަ ދުވަހު މަޖިލީހުގެ ތަޅުމަށް ސަރުކާރުގެ ފަރާތުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލަކީ، ރާއްޖޭގެ ދަރަނި ދެއްކުމަށް މިހާރު ޤާއިމްކޮށްފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ހިންގުމުގައި ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ހުށަހަޅާފައިވާ ބިލެކެވެ. މިއީ ރައީސުލްޖުމުހޫއްރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މިބިލުގެ މަޤްޞަދެއްކަމަށް ބަޔާންކޮށްފައިވަނީ، މިއީ ދައުލަތުގެ މުއްސަންދިކަން އަންނަން އޮތް ޖީލްތަކަށް ވާރުތަކޮށްދިނުމަށްޓަކައި، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑެއް ޤާއިމްކޮށް އެ ފަންޑު ހިންގުމާއި ގުޅުން ހުރި އުސޫލްތައް ޤާއިމް ކުރުމާއިއެކު އެ ފަންޑާއި ގުޅުންހުރި ދައުލަތުގެ ފަރާތްތަކުގެ މަސްއޫލީއްޔަތުތަކާއި ވާޖިބްތައް ބަޔާން ކުރުން ކަމަށެވެ. މި ބިލްގައި މައިގަނޑުގޮތެއްގައި ފަންޑު މެނޭޖް ކުރުމާއި ފަންޑުގައި ހުރި ފައިސާއިން އިންވެސްޓް ކުރުމާއި، ފަންޑު ބަލަހައްޓާނެ ފަރާތެއް ކަނޑައެޅުމަށް ވަނީ ހިމަނާފައެވެ. މިގޮތުން ފަންޑަށް ފައިސާ ޖަމާ ކުރެވޭނެ ހަތަރު ގޮތެއް ވަނީ ހިމަނާފައެވެ.

ފަންޑަށް ފައިސާ ޖަމާކުރާނެ 4 ގޮތް:

300 × 250

1. އެއާޕޯޓް ޑިވެލޮޕްމެންޓް ފަންޑަށް ޖަމާވާ ފައިސާ 2. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ދައުލަތައް ލިބޭ 10 އިންސައްތަ 3. ސޮވެރިން ގެރެންޓީ ފީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ 4. ގަވަނިން ކައުންސިލުގެ ލަފާގެ މަތިން ރައީސުލްޖުމުހޫރިއްޔާ ފަންޑަށް ޖަމާކުރަން ކަނޑައަޅާ އެހެނިހެން ފައިސާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގައި ގޮތުގައި ފާހަގަ ކުރެއްވި އެއްކަމަކީ، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ހުރި ޑޮލަރު، ކުރީ ސަރުކާރުން އެއްކޮށް ބޭނުން ކުރުމެވެ. އެގޮތުން ލޯނުތަކަށް ފައިސާ ދައްކަންވެސް ފަންޑުގައި ފައިސާ ނެތްކަން އޭރު ވަނީ ފާހަގަ ކުރައްވާފައެވެ.

މި ފަންޑު ބޭނުން ކުރުމަށް ސަރުކާރުން ހުށަހަޅާފައިވަނީ ދެ ގޮތަކަށެވެ.

ފަންޑުގެ ބޭނުން ކުރުމަށް ސަރުކާރުން ހުށައަޅަ ގޮތްތައް:

1. ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓުން ދަރަނި ދެއްކެން ނެތް ހާލަތުގައި ދަރަނި އަދާ ކުރުމަށް 2. ޤައުމަށް ދިމާވާ ޚާއްޞަ އިޤްތިޞާދީ ހާލަތެއްގައި އެކަމުން އަރައިގަތުމަށް ބަޖެޓް ޑެފިސިޓް ހަމަޖެއްސުމަށް

މި ފަންޑު ހިންގުމަށް ހުށަހަޅާފައިވަނީ ފަންޑަށް ވަންނަ ފައިސާ އަދި ފަންޑުން ބޭނުންވާ ފައިސާގެ ކަންކަން ބެލެހެއްޓުމަށް، ރައީސް އެކުލުވާލާ ގަވަނިންގް ކައުންސިލަކުންނެވެ. މިފަންޑު ޤާއިމް ކުރަނީ މަރުކަޒީ ބޭންކް އެމްއެމްއޭގައެވެ. އަދި ފަންޑުން އިންވެސްޓު ކުރަނީ ޤަވަނިންގް ކައުންސިލުން އައްޔަން ކުރާ އިންވެސްޓްމެންޓް ކޮމެޓީއަކުން ކަމަށް ބިލުގައިވެއެވެ. މީގެ އިތުރުން ފަންޑު މެނޭޖް ކުރުމަށް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް އެޑްމިނިސްޓްރޭޝަން އޮފީހެއް ޤާއިމް ކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ ގޮތުން ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު އުވާލެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދައާއި އެކު ރައީސްލްޖުމުހޫރިއްޔާއަށެވެ. ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު މިހާރު ހިންގަނީ މާލީއްޔަތު ޤާނޫނުގެ ދަށުން ވަކި ފަންޑެއް ގޮތުގައެވެ. އަދި ފަންޑުގެ ހުރިހާ ބާރެއް މިހާރު މާލީއްޔަތު ޤާނޫނުގެ ދަށުން ލިބިދީފައިވަނީ މާލީ ވަޒީރު އަދި ރައީސުލްޖުމުހޫރިއްޔާއަށް އެކަންޏެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ ފުރަތަމަ ތިން މަސް ދުވަހު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 30 މިލިއަން ޑޮލަރު ވަނީ ޖަމާވެފައެވެ. ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ ދެ މިލިއަން އެމެރިކާ ޑޮލަރާއި 2.4 މިލިއަން ދިވެހި ރުފިޔާކަން އިޤްތިޞާދާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަކީ ސަރުކާރުގެ ދަރަނިތައް އަދާ ކުރުމަށް އެހީވުމަށް 2017 ވަނަ އަހަރު ޤާއިމް ކުރެވެނު ފަންޑެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި