ރޯދަމަހާއި ދިމާކޮށް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު ވަރަށް ބޮޑަށް އިތުރު ވެފައިވަނިކޮށް، އިއްޔެ އެކަނިވެސް އެމްޕީއެލްއިން 2115 ބަސްތާ ކަރާ ކުލިއަރ ކޮށްފައިވާކަމަށް އެ ކުންފުނިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެމްޕީއެމްއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި ދެން އެންމެ ގިނައިން އެތެރެ ކޮށްފައިވައިވާ ބާވަތްތަކުގެ ތެރޭގައި ބިސްވެސް ހިމެނެއެވެ. އެގޮތުން ބިހުގެ 4250 ކާޓަންއާއި 30 ކްރޭޓްސްއާއި 100 ބަންޑްލްސް ހިމެނެއެވެ. https://twitter.com/Portmv/status/1770478379747405851?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1770478379747405851%7Ctwgr%5E6a28c4abab4d9413657790b0660b52c1f8d523d0%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F171541 އެމްޕީއެލް އިން ބޭލި ބައެއް މުދަލުގެ ތެރޭގައި ހިމެނެނީ:
- 804 ބަސްތާ ކެބެޖު
- 888 އަރި ދޮންކެޔޮ
- 780 ބަސްތާ އަލުވި
- 2115 ކަރާ ބަސްތާ
- 4250 ކާޓަނުގެ ބިސް
- 19 ކްރޭޓުގެ ރޮކް މެލަން
- 83 ކްރޭޓުގެ ސްވީޓް މެލަން
- 135 ޓްރޭ ހަނީ މެލަން
- 774 ކްރޭޓުގެ ޓޮމާޓޯ
- 7 ބަސްޓާ ބީޓް ރޫޓު
- 229 ބަސްތާ ބަރަބޯ
- 3 ކްރޭޓު މިރުސް
- 21 ބަސްތާ ލުނބޯ
- 60 ފޮށި އަންނާރު
- 30 ކްރޭޓް ލޭޑީސް ފިންގަރ
- 35 ޓްރޭ ފޭރު
- 77 ކްރޭޓުގެ ބަށި
- 58 ކްރޭޓުގެ ކިއުކަމްބާ
- 140 ކްރޭޓުގެ އަނބު
- 828 ކްރޭޓުގެ އަލާނާސި
ކޮންމެ ރޯދަ މަހަކުވެސް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަދަދު ބޮޑުތަނުން އިތުރު ވެގެން ދެއެވެ. އޭގެ ތެރޭގައި ގިނައީ ޕެރިޝަބަލް މޭވާ އާއި ތަރުކާރީގެ ބާވަތްތަކެވެ. ރޯދައަށް ޚާއްސަކޮށްގެން މިފަދަ މުދާތައް އަވަހަށް ކްލިއާކޮށް، ބާޒާރަށް އަވަހަށް ނެރުމަށް އެމްޕީއެލްއިން މަސައްކަތް ކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.