1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: އެކަކަށް ހުކުމްކޮށް އަނެއް ދެ މީހުން ދޫކޮށްލައިފި

mujj
ފޮޓޯ: ޕޮލިސްސައިޓް
މަރްޔަމް ޝަފާ ސައީދު
315ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކުގައި 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު ފުލުހުން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ ތެރެއިން އެކެއްގެ މައްޗަށް ކުށް ސާބިތު، ދެ މީހަކު ސަލާމަތް ވެއްޖެއެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ން 14 އަށް މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވާ 51 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ. އެމީހުންނަކީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދެވެ.

ތިން މީހުންގެ މައްޗަށްވެސް ދައުލަތުން ކުރީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެބެ. މިމައްސަލާގައި އިއްޔެ ހުކުމް ކުރިއިރު ކުށް ސާބިތުވާކަމަށް ނިންމީ ދައުވާ ލިބޭ މީހުންގެ ތެރެއިން އަލީ ޒުބައިރުގެ މައްޗަށް އެކަންޏެވެ.

300 × 250

އޭނާގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ނިންމާފައިވަނީ މަސްތުވާތަކެތީގެ ގާނޫނުގެ 105 ވަނަ މާއްދާ އާއި 137 ވަނަ، 146 ވަނަ، އަދި 105 ވަނަ މާއްދާގެ ދަށުންނެވެ. އަދި ކޯޓުންވަނީ އޭނާ އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.

ހުކުމް ކުރިއިރު ވަނީ ޝަރުއީ މަރުހަލާގައި ޒުބައިރު ޖަލުގައި ހޭދަކުރި މުއްދަތު އުނިކޮށްފައި ވެއެވެ. އެއީ ދެ އަހަރާއި ތިން މަހާއި އަށް ދުވަހެވެ. ރާއްޖޭގައި އުމުރުގެ ޖަލުހުކުމަކަށް ތަންފީޒު ކުރަން ޖެހެނީ 25 އަހަރެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ ސުނައިނު އާއި، ޒުބައިރު އަދި މުޖާހިދު އާ ދެކޮޅަށް ދައުލަތުން 56 ހެއްކެއް ހުށަހެޅިއެވެ. އެހެން ނަމަވެސް މައްސަލާގައި ދައުވާކުރި ސުނައިހު އާ މުޖާހިދުގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ނިންމީ ދައުލަތުން ހުށަހެޅި ސީސީޓީވީ ފޫޓޭޖްތަކުން ފެންނަނީ އެ ދެމީހުންކަމަށް ކަށަވަރު ނުކުރެވޭތީއެވެ.

އޭގެ އިތުރުން އަދި ކޯލް ރެކޯޑިން އާއި ސެލް ލޮކޭޝަން އެނގޭނެ ލިޔުމާއި ނަންބަރުތަކުގެ ވެރިފަރާތްތައް އެނގޭނެ ލިޔުންތައް ކޯޓަށް ހުށަހަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި ހުކުމުގައި ބުނެފައިވަނީ ފެނުނު މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ޕެކެޓުން ފެނިފައިވަނީ ހަމަ އެކަނި ޒުބައިރުގެ އިނގިލީގެ ނިޝާން ކަމުގައެވެ.

ގާޒީ އިބްރާހިމް އިހުސާން ކުރެއްވި ހުކުމުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މި ތިން މީހުން އެކަކު އަނެކަކާއި ވާހަކަ ދެއްކިކަންވެސް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވެއެވެ. މިމައްސަލަ އެންމެ ފުރަތަަމަ ބެއްލެވީ ގާޒީ ދީބާނާޒް ފަހުމީއެވެ. ގާޒީ އިބްރާހިމް އިހުސާން މައްސަލަ ބަައްލަވަން ފެއްޓެވީ ގާޒީ ދީބާނާޒް ފަހުމީ ބަދަލުވުމާއި ގުޅިގެންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި