ސިނަމާލެ ބުރިޖުގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖުން މާލެއަށް ފައިބަން އޮންނަ ލޭންގައި ދެ ސައިކަލެއް ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ސްކޫޕީއަކާއި ޖީއެން ސައިކަލެއް ޖެހިގެންނެވެ، އެ ހާދިސާ ހިނގީ އިރުއޮއްސި 7:00 ޖެހިއިރު ކަމަށް ވެސް ބުންޏެވެ.
އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް ވަނީ ގެއްލުންވެފައެވެ. އެއް ސައިކަލު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މާލޭ ސަރަހައްދުގައި އެކްސިޑެންޓްގެ މައްސަލަތައް ވަރަށް ގިނައެވެ. އެގޮތުން ވޭދުވެދިޔަ ދެ މަހު އެކްސިޑެންޓްގެ 450 މައްސަލަ ހުށަހަޅާފައިވާކަން ފުލުހުން ހާމަކޮށްފައިވެއެވެ. ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ސަބަބުން މަގު ސާފުކޮށް ފެންނަން ނެތުމުން އެކްސިޑެންޓް ހިނގާފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.