ގދ ކާޑެއްދޫއަށް އެތެރެކުރަން އުޅުނު ބަރުދަނުގައި 21 ގްރާމް ހުރި މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިިއެވެ،

ފުލުހުން ހާމަކުރި ގޮތުގައި، މިއީ ފުލުހުންގެ އިންޓެލިޖެންސަށް މިމަހުގެ 20 ވަނަ ދުވަހުގެ 12:00 ހާއިރު، ގދ ކާޑެއްދޫ އަށް މަސްތުވާތަކެތި އެތެެރެ ކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މިހާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި (ވަގުތީ ނަތީޖާ ދައްކާ ގޮތުގައި) ބަރުދަނުގައި 21 ގުރާމް ހުރި ޖޫސްޕެޓީ ކޮތަޅެއް ވަނީ ފެނިފައެވެ.

މި މައްސަލައިގެ ތުހުމަތުގައި 37 އަހަރުގެ ދިވެހި ފިރިިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި ކޯޓަށް ހާޒިރު ކުރުމުން މުއްދަތު ކޮމިޓީން ވަނީ 60 ދުވަހުގެ މުއްދަތެއް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ގދ ތިނަދޫ ޕޮލިހުން ދަނީ ތަހުގީގުކުރަމުންނެވެ.