އިނގިރޭސި ވަލީ އަހްދު ޕްރިންސް ވިލިއަމްގެ އަނބިކަބަލުން ޕްރިންސެސް އޮފް ވޭލްސް ކޭޓްމިޑްލްޓަން ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއގގގެންދަވާ ކަމުގައި އެކަމަނާ އިއުލާނު ކުރައްވައިފިއެވެ.
އެކަމަނާ މިކަން އިޢުލާނު ކުރެއްވީ، އެކަމަނާގެ ޙާލަތު ބަޔާންކުރައްވައި، އަދި ފަރުވާގެ ކަންކަމުގެ މައުލޫމާތު ހިއްސާ ކުރައްވައި ދެއްވި ވީޑިއޯ ބަޔާނެއްގައެވެ.-
އެކަމަނާގެ މެސެޖުގައި ވިދާޅުވީ، ޖެނުއަރީ މަހު ބަނޑުގެ އޮޕަރޭޝަނެއް ކުރައްވާފައިވާ ކަމަށާއި، އޮޕަރޭޝަން ކާމިޔާބު ކަމަށެވެ.
އަދި ކީމޯތެރަޕީ ނަންގަވަމުން ގެންދަވާ ކަމަށާއި، އަދި މިއީ އެފަރުވާގެ ފުރަތަމަ ސްޓޭޖްކަމުގައިވެސް ކޭޓް ވިދާޅުވެފައިވެއެވެ.
މިހާތަނަށް ޝާހީ އާއިލާއިން ޕްރިންސެސް ކޭޓް މިޑްލްޓަންގެ ސިއްޙީ ޙާލަތާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެން ނަމަވެސް ޖެނުއަރީ މަހު އެކަމަނާކުރެއްވި އޮޕަރޭޝަނަށްފަހު، އެކަމަނާ އަވަހާރަވެއްޖެ ކަމަށް ބުނެ ޝާހީ އާއިލާ އާއި ދެކޮޅު ފަރާތްތަކުން މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވާހަކަތައް ފަތުރާފައިވެއެވެ.
ޕްރިންސެސް ކޭޓްގެ މެސެޖުގައި ބަލީގެ ކަންކަމާއި ފަރުވާގެ ކަންކަން އެއީ ޒާތީކަންކަމުގައި ގޮތުގައި ބާއްވައިގެން ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރެއްވި ކަމުގައި ވިދާޅުވިއެވެ.
އަދި ވަލީއަޙްދު ވިލިއަމްއާއި ޕްރިންސެސް ކޭޓްމިޑްލްޓަންގެ ތިންބޭފުޅުން ކަމުގައިވާ، ޕްރިންސް ޖޯޖް، ޕްރިންސެސް ޗާލޮޓް އަދި ޕްރިންސް ލުއީއަށް ހުރިހާ ކަމެއް ވެސް އެކުދިންނަށް އެކަށީގެންވާ ގޮތަކަށް ކިޔައިދީ، ބަލި ރަނގަޅުވާނެކަމުގެ ޔަގީންކަން ދޭން ވަގުތު ނެގި ކަމުގައިވެސް ކޭޓް ވިދާޅުވިއެވެ.
އިނގިރޭސި ރަސްގެފާނު ޗާލްސް 3 ވަނަ ވެސް ގެންދަވަނީ ޕްރޮސްޓްރޭޓް ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ. ރަސްގެފާނު ޗާލްސް ކެންސަރަށް ޑައިގްނޯސްވިކަން ބަކިންހަމް ޕެލަސްއިން އިއުލާނުކުރީ، މިއަހަރުގެ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުގައެވެ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.