ރޯޝަނީ މަގުގައި މިއަދު ހިނގި މާރާމާރީއާ ގުޅުން ހުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މިއަދު ރޯޝަނީމަގުގައި ހިންގި މާރާމާރީއާ ގުޅުން ހުރި އެކަކު އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ސޯޝަލްމީޑިޔާގައި އާންމުވެފައިވާ ވޯޑިއޯއިން ފެންނަ ގޮތުގައި މާރާމާރީ ހިނގާފައިވަނީ ޒުވާނުންތަކެއްގެ މެދުގައެވެ. އަދި މާރާމާރީއަށްފަހު އެއްބަޔަކު ސައިކަލުތަކަށް އަރައިގެންދާ މަންޒަރު ވެސް ވީޑިއޯއިން ފެންނަން ހުއްޓެވެ.

https://twitter.com/MvCrisis/status/1771545461213499445

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މާރާމާރީއާ ގުޅޭ ކަންތައްތައް ބަލައި މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.