ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މާލެ ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރައީސް އޮފީހުން ބުނީ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރޭ މާލެ ވަޑައިގެންފައިވާ ކަމަށެވެ. ރައީސް މުޢިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށް ވާތީ އެމަނިކުފާނުގެ ދަތުރުފުޅާއި ގުޅޭ މައުލޫމާތު ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުޢިއްޒު މީގެ ކުރިން ވެސް ވަނީ ސިންގަޕޫރަށް ދަތުރުފުޅެއް ކުރަށްވާފައެވެ








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.