މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް އެންޑީއެންއިން ދޭ މެތަޑޯން ފަރުވާ ރިހެބަށް ނުގޮސް ކުރިޔަށް ގެންދެވޭނެ ގޮތް ހަމަޖައްސަވާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިޔަށް ގެންދަވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ މިއަދުގެ ސެގްމަންޓުގައި، މަސްތުވުމުން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދާ މީހުން، އެ ފަރުވާ ފުރިހަމަކުރަން ފުރުޞަތު ދިނުމާ ބެހޭގޮތުން ވ، މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. https://twitter.com/governmentmv/status/1771781129529589763 ނަތާޝާ ކުރެއްވި ސުވާލުގައި ވިދާޅުވީ އެންޑީއޭގެ ފަރުވާގައި ހުންނަ އިރުވެސް، ކުރީގެ މައްސަލައެއްގައި ޑްރަގް ކޯޓުން ހުކުމް ކޮށްފިނަމަ، ފަރުވާގައި ހުންނަ ކުއްޖަކުވެސް، ވަޒީފާގައި ހުރުމަށްފަހު ރިހެބަށް ދާންޖެހޭ ކަމަށާއި، އެމައްސަލަ ހައްލުކޮށް ދިނުމަށެވެ. ނަތާޝާގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެކަމާއި ގުޅޭގޮތުން ހޯމްލޭންޑް ސެކިއުރިޓީއާއި އަދި ސަރުކާރުގެ މުވައްސަސާތަކާއެކީގަ ވާހަކަ ދެއްކުމަށްފަހު، ޓްރީޓްމަންޓް އެކީ ނިންމޭނެގޮތް ހަމަޖައްސައިދިނުމަށް އެދިވަޑައިގަންނަވާނޭ ކަމުގައެވެ. އަދި އެކަމަށްޓަކާ ހަމަޖައްސަންޖެހޭ ކަންކަން ގާނޫނީ އިމުގެ ތެރެއިން ހަމަޖައްސަވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
އެންޑީއެންއިން ދޭ މެތަޑޯން ފަރުވާ، ރިހެބަށް ދާން ނުޖެހި ކުރިއަށްދާނެ ގޮތް ހަމަޖައްސާނަން: ރައީސް ޑރ މުއިއްޒު

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.