ރާއްޖޭގައި މިހާރު ބޭނުންކުރަން ފަށާފައި ޑްރޯންތައް ދުއްވުމުގައި ރާއްޖެއިން ބޭރުގެ ސިފައިން އެއްވެސް ވަރަކަށް ހަރަކާތްތެރި ނުވާނެކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒި މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދެމުންދާ "ރައީސްގެ ޖަވާބު" ސިލްސިލާގެ މިއަދުގެ ސެގްމަންޓުގައި މާލެ ސިޓީ، މއ.ނައިޓްލައިޓް، މުޙައްމަދު އިޙްސާން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އަލަށް ގެނައި ޑްރޯންތައް ދުއްވުމާ އޮޕަރޭޓްކުރުމުގެ ކަންކަމުގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭނެތޯ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގަ ތިބޭގޮތަށް އެއްވެސް ސިޔާސަތެއް ބައްޓަން ނުކުރާނެ ކަމަށާއި، ޑްރޮން ދުއްވަނީ ދިވެހި ސިފައިން ތުރުކީއަށް ގޮސް ތަމްރީން ހޯދައިގެން ރާއްޖެ އައިސް ކަމަށާއި މިހާރުވެސް އާ ބެޗެއް ތަމްރީން ހޯދުމަށް ތުރުކީއަށް ގޮސްފައި ވާކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.