1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބޭނުންކޮށްފައިވާ ފެނާއި ކަރަންޓުގެ ލާރި ދެއްކުމުން ރައީސް ވިދާޅުވި ގޮތަށް ބިލުތަކުގެ ޖޫރިމަނާ މާފުކުރެވޭނެ.

Screenshot_20240326_205116_Samsung Internet
ޔުޓިލިޓީ ކުންފުނިތައް (ފެނަކަ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
މަރްޔަމް ޝަފާ ސައީދު
326ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިދިޔަ އަހަރުގެ ނިޔަލަށް ނުދެއްކި ހުރި ބިލުތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިގޮތަށް ޖޫރިމަނާ މައާފުކުރާނެ ކަމަށާއި ނަމަވެސް ޖޫރިމަނާ މައާފު ވާނީ ބޭނުންކޮށްފައި ހުރި ފެނާއި ކަރަންޓަށް އަގު ދެއްކުމުން ކަމަށް ޔުޓިލިޓީ ކުންފުނިތަކުގެ ވެރިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށްފައި ވަނީ ޔުޓިލިޓީ ކުންފުނިތައް (ފެނަކަ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، ކަރަންޓު އަދި ފެނަށް ވެސް އަރައިފައިވާ ޖޫރިމަނާ މައާފުވާނީ އެ ބޭނުންކޮށްގެން އަރައިފައިވާ އަގު ދެއްކުމުން ކަމަށާއި އެ އަގު އެއްފަހަރާވެސް ނުވަތަ ބައިބަޔަށް ބަހާލައިގެންވެސް ދެއްކޭނެ ކަމަށެވެ. އަދި، އެގޮތަށް ބިލު ދެއްކުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން މިއަހަރުގެ ނިޔަލަށް އޮންނާނެ ކަމަށްވެސް މަތީން ވަނީ ވިދާޅުވެފައެވެ.

300 × 250

"ނުދެއްކި ހުރި ބިލުތަކުގެ ގޮތުގައި އަޅުގަނޑުމެން ބޯޑުން ކަނޑައަޅާފައި މިވަނީ 2023ގެ ނިޔަލަށް ނުދެއްކި ހުރި ބިލުތައް. އެހެންވީމާ ޖޫރިމަނާ ވެގެންދާނީ 2023ގެ ނިޔަލަށް ހުރި ބިލުތައް. އެހެންނަމަވެސް ކަރަންޓަށް އަދި ފެނުގެ އަގު ދައްކާ ނިމުނީމަ ޖޫރިމަނާ މައާފުވެގެން ދާނީ،" މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، އެމްޑަބްލިޔުއެސްސީގެ 60،000 ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ބިލުތައް ނުދެއްކި ހުރީ ގާތްގަނޑަކަށް 3،000 ކަސްޓަމަރުންގެ ކަމަށެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 17 މިލިއަން ރުފިޔާގެ ޖޫރިމަނާ ބިލުތަކެއް އެބައޮތް ކަމަށާއި އަދި ފެނުގެ އަގަށް 45 މިލިއަން ރުފިޔާ ނުލިބި އެބައޮތް ކަމަށާއި ޖޫރިމަނާ މައާފު ކޮށްދިނުމުން ވެސް ކުންފުނީގެ އާމްދަނީއަށް އެ 45 މިލިއަން ލިބޭނެ ކަމަށްވެސްމަތީން ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި