- ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅެމުން އަންނަ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ މާލެ، މއ. ޕެރީހީލިއަން، 25 އަހަރުގެ އަކްރަމް ޢަދީލް ސަޢީދު ކަމަށެވެ. މި ޒުވާނާގެ އާއިލާއަށް މީނާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ މާރިޗް 25 ވަނަ ދުވަހު 19:22 އެހައިކަންހާއިރު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކުރެއެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އަކްރަމް ޢަދީލް ސަޢީދު އެންމެ ފަހުން ފެނިފައި ވަނީ މާރިޗް 23 ވަނަ ދުވަހުގެ 13:15 ހާއިރު، އޭނަ މިހާރު ދިރިއުޅޭ، ހުޅުމާލެ ފޭސް 2، އެޗް 15 އިން ކަމަށެވެ. އަކްރަމް ޢަދީލް ސަޢީދު ގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.