ނަސާރާ ދީން ފަތުރަން އުޅުނު ޖަރުމަނަށް ނިސްބަތްވާ ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި ދެ އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހުޅުމާލޭ ފޭސް 2 ގެ ފްލެޓްތަކުގައި ހުރި މެއިލް ބޮކްސްތަކަށް ނަސާރާ ދީނުގެ ލިޔުންތަކެއް، ދިވެހި ބަހަށް ތަރުޖަމާ ކޮށްފަ ހުރި ވެބްސައިޓްތަކެއްގެ ލިންކު ހިމެނޭ ބިޒްނަސް ކާޑުތަކެއް އަޅި މައްސަލައިގައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެެވެ.
https://twitter.com/MvCrisis/status/1772888398191349804
މި ދެމީހުންނަކީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެމީހުން ކަމަށާއި، އެމީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައި ކަމަށްވެސް ފުލުހުން މައުލޫމާތުދީފައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.