1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކާފަ ދަރިއާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

hik
ފޮޓޯ: ޓައިމްސް އޮފް އައްޑޫ
މަރްޔަމް ޝަފާ ސައީދު
224ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތ. ވޭމަންޑޫގައި ކާފަ ދަރިއާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 63 އަހަރުގެ ދުވަސްވީ ދިވެހި ފިރިހެން މީހާ ދޫކޮށްލި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި އުމުރުން ދުވަސްވީ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު އެ ރަށު ކޯޓުން ވަނީ ދޫކޮށްލައިފައެވެ. އެމީހާ ދޫކޮށްލި ކަމުގައި ވިޔަސް، މައްސަލައިގެ ޝަރީއަތް ހިނގައެވެ.

މި މައްސަލަ ހައި ކޯޓަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ގޮތެއް ނިންމި ކަން އަދި ސާފެއް ނޫނެވެ.

300 × 250

އުމުރުން ދުވަސްވީ މީހާ ދޫކޮށްލި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. ރައީސް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުކުރެވޭ މީހުންނާއި އެފަދަ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންނަށް މައާފުދިނުމާއި ލުއި ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ދޫކޮށްލުމަށް ކޯޓުތަކުން ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕްރޮސެކިއުޓާ ޖެނަރަލަށް ދަންނަވާފައިވާ ކަމަށެވެ.

"ކުޑަކުދިިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީގައި މިދަނީ ދަންނަވަމުން،" ރައީސް ވިދާޅުވިއެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި