1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގެދޮރު އެޅުމަށް ކުޑަ އިންޓްރެސްޓުގައި ލޯނު ދޫ ކުރަން ފަށަނީ

19924gedcover-1-1-1024x576
ގެދޮރުވެރިޔާ
ރިފާޢު ރަޝީދު
564ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ހައުސިން ލޯނު ދޫކުރަން ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ "ހިޔާވަހި ފައިނޭންސް ސްކީމް" ގެ ނަމުގައި އެޗްޑީއެފްސީ މެދުވެރިކޮށް، އެ ސްކީމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ފައިނޭންސް މިންގަޑުތަކާ އެއްގޮތަށް ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހާއްސަ ކޮށްގެން، ބޯހިޔާވަހިކަން ގާއިމުކުރުމަށް ލޯނު ދޫކުރަނީ ފަސް ޕަސަންޓު އިންޓްރެސްޓް ރޭޓުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

300 × 250

މި ހާއްސަ ލުއި ލޯނު އަތޮޅުތެރޭގެ ރަށްތަކަށް ދޫކުރާ އެންމެ މަތީ އަދަދަކީ އެއް މިލިއަން ރުފިޔާ އެވެ.

މާލެ ސަރަހައްދަށާއި ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަށް މި ސްމީމުގެ ދަށުން ލޯނު ލިބޭނީ ތިން މިލިއަން ރުފިޔާއާ ހަމައަށެވެ.

މި ސްކީމާ ގުޅޭ އިތުރު މައުލޫމާތުތައް ފަހުން ހާމަކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ސްކީމުގެ އިތުރުން، އިމާރާތް އަޅަން ފެށުމަށް ފަހު ވަކި ހިސާބަކަށް ގޮސް ނުނިމި ހުރި ގެތައް ނިންމުމަށް "ހޯމް ކޮމްޕްލިޝަން ލޯން" އެއް ތައާރަފް ކުރާނެ ކަމަށް ވެސް ރައީސް ވަނީ ދާދި ފަހުން ހާމަކުރައްވައިފަ އެވެ.

ގިނަ ދުވަސްވެ، މަރާމާތު ކުރަން ޖެހިފައިވާ ގެ ތަކަށް ބޭނުންވާ ލޯން ސްކީމެއް ވެސް ތައާރަފް ކުރަން ނިންމާފައިވާ ކަން ރައީސް މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ.

"ހޯމް ކޮމްޕްލިޝަން ލޯން" އަދި "ރިނޮވޭޝަން ލޯން" އެ އަށް ވުރެ ތަންކޮޅެއް ލަސްވި ނަމަވެސް އެ ދެ ލޯނު ވެސް މި އަހަރު ތެރޭގައި ދޫކުރަން ފަށާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު މި ހަފުތާގައި ދެއްވި އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި