1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގައި އިތުރު އެއަރޕޯޓު ތަރައްގީކުރާނެ ރަށްތައް ރައީސް ކަނޑައަޅުއްވައިފި

i99
ފޮޓޯ ރައީސް އޮފީސް
މަރްޔަމް ޝަފާ ސައީދު
979ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި އިތުރު އެއަރޕޯޓު ތަރައްގީކުރާނެ ރަށްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް މިގޮތަށް ނިންމަވާފައިވަނީ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމުގެ ގަރާރަށް އިސްލާހު ގެންނަވައިގެންނެވެ.

މި ގަރާރުގައި ރައީސް މުއިއްޒު ވަނީ އަލަށް ހިންގުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުތަކާއި އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުތަކުގެ އިތުރުން އައްސޭރި ޓޫރިޒަމް ހިންގަން ނިންމާފައިވާ ސަރަހައްދުތަކާއި އެ މަޝްރޫއުތަކަށް އެންމެ ދަށްވެގެން އިންވެސްޓް ކުރަންޖެހޭ އަދަދު ކަނޑައަޅުއްވާފައެވެ.

300 × 250

އަލަށް ތަރައްގީ ކުރުމަށް ނިންމާފައިވާ އެއަރޕޯޓުތަކަކީ:

  1. ހއ. ދިއްދޫ
  2. ށ. ދިގުވެލި
  3. ށ. މިލަންދޫ
  4. ނ. ވިހަފަރު
  5. ރ. ފައިނު
  6. އއ. މަތިވެރި
  7. ފ. ނިލަންދޫ
  8. ގއ. މާޅެންދޫ
  9. ތ. ގުރައިދޫ
  10. ލ. އަތޮޅުގައި ދެވަނަ އެއަރޕޯޓެއް (ސަރުކާރުން ކަނޑައަޅާ ތަނެއްގައި)

މިއިން ކޮންމެ އެއަރޕޯޓެއް ތަރައްގީކުރުމަށް އެންމެ ދަށްވެގެން ހަރަދު ކުރަންޖެހޭ އަދަދުގެ ގޮތުގައި ރައީސް ނިންމަވާފައިވަނީ 5،000،000 ޔޫއެސް ޑޮލަރެވެ. މީގެ އިތުރުން ރައީސް ވަނީ ތަރައްގީ ކުރަން ފަށާފައިވާ އެއަރޕޯޓުތަކާއި އެތަންތަން ތަރައްގީކުރުމަށް ހަރަދު ކުރެވޭނެ އެންމެ ދަށް އަދަދުވެސް ގަރާރުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ހދ. މަކުނުދޫ، ރ. އަލިފުށި، މ. މުލި، ބ. ތުޅާދޫ، ށ. ބިލެތްފަހިގެ އިތުރުން ތ. ވިލުފުށީ އެއަރޕޯޓުގެ މަޝްރޫއު ނިންމުމަށް މަދުވެގެން 4،000،000 ޑޮލަރު ހަރަދު ކުރުމަށް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. ރޯދައިގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ގދ. ތިނަދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އަދި ގއ. ވިލނގިލީގައި އިންޓަރނޭޝަަނަލް އެއަރޕޯޓެއް ތަރައްގީ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ގަރާރުގައި ވަނީ އެކަމަށްވެސް ހަރަދު ކުރެވޭނެ އެންމެ ދަށް އަދަދު ކަނޑައަޅުއްވާފައެވެ. މިި ދެ އެއަރޕޯޓަށް ރައީސް ވަނީ 7000،000 ޑޮލަރު ކަނޑައަޅުއްވާފައެވެ. އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ އެއަރޕޯޓުތަކަކީ:

  1. ގަން އިންޓަނޭޝަނަލް އެއަރޕޯޓު
  2. ފުނަދޫ އެއަރޕޯޓް
  3. ދަރަވަންދޫ އެއަރޕޯޓް
  4. ކުޅުދުއްފުށީ އެއަރޕޯޓް
  5. ފުވައްމުލަކު އެއަރޕޯޓް
  6. މާވަރުލު އެއަރޕޯޓް

މިއިން ކޮންމެ އެެއަރޕޯޓަކަށް ހަރަދު ކުރަން ނިންމާފައިވާ އެންމެ ދަށް އަދަދަކީ 4،000،000 ޑޮލަރެވެ. މީގެ އިތުރުން އައްސޭރި ޓުއަރިޒަމް ލ. ގަމުގައްޔާއި އައްޑޫ ސިޓީގައި ހިންގުމަށްވެސް ރައީސް ވަނީ އެންމެ ދަށްވެގެން އިންވެސްޓު ކުރެވޭނެ އަދަދު ކަނޑައަޅުއްވާފައެވެ. އެގޮތުން ލ. ގަމަށް 7،000،000 ޑޮލަރު އަދި އައްޑޫސިޓީއަށް 10،000،000 ޑޮލަރު ވަނީ ކަނޑައަޅުއްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި