1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނުދެއްކި ހުރި ފެން ބިލުތަކަށް ފައިސާ ދައްކައި ހަލާސް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެ: އެމްޑަބްލިޔުއެސްސީ

meik
އެމްޑަބްލިއުއެސްސީ ފޮޓޯ:އެމްޑަބްލިއުއެސްސީ
މަރްޔަމް ޝަފާ ސައީދު
255ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ނުދެއްކި ހުރި ގޭބިސީގެ ފެން ބިލުތަކަށް ފައިސާ ދައްކައި ހަލާސް ކުރެވޭނެ އެދޭ ކަސްޓަމަރުންނަށް އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.


އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެއްބަސްވުމެއްގެ ދަށުން ނުދެއްކި ހުރި ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ހަލާސްކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

300 × 250

ނަމަވެސް އެފަދަ ކަސްޓަމަރުންނަށްވެސް ޖޫރިމަނާ މައާފުކޮށްދޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި ހަލާސްކުރުމުން ކަމަށް ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ mail@mwsc.com.mv އަށް އީމެއިލް ކުރުމުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ސަރުކާރުން ވަނީ ގޭބިސީތަކުގެ ފެންބިލާއި ކަރަންޓް ބިލު ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމަށް މިދިޔަ އާދީއްތަ ދުވަހު ނިންމައިފައެވެ.

އެ ނިންމުމާއެކު މިިދިޔަ އަހަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފުކުރުމަށް ނިންމި ނަމަވެސް، އެ ޖޫރިމަނާ މާފުކޮށްދޭނީ ޖޫރިމަނާ އަރާފައިވާ ބިލްތައް ދެއްކުމުންނެވެ. އެ ބިލުތައް ދެއްކުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ލިބޭނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި