ރަމަޟާން މަހުގެ ފަހު 10 ދުވަހު ވަޒީފާއަށް ނިކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އިއްޔެ ފިނޭންސް މިނިސްޓްރީއިން އިއްޔެ ނެރުނު ސާކިއުލާއެއްގައި އެވެ. މި ސާކިއުލާގައި ބުނާ ގޮތުން މުވައްޒަފުންް ރަމަޟާާން މަހުގެ ފަހު 10 ގައި މަސައްކަތް ކުރާނަމަ އިނާޔަތެއް ދޭން ޖެހެއެވެ. އަދި އެނިޔާތް ދޭނެ ގޮތާއި އިނާޔާތް ދޭނެ ފަރާތްތައް އެ ސާކިއުލާގައި ހާމަކޮށްފައި އެވެ.
މި އިނާޔާތް ދެވޭނީ ދައުލަތުގެ އިދާރާތަކުގެ ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި އެ އިދާރާއަކުން ކަނޑައަޅާގޮތެއްގެ މަތިން, އެ އިދާރާއިން މަސައްކަތަށް ނުކުންނަން ޖެހޭނެ ކަމަށް ކަނޑައަޅާ މުވައްޒަފުންނަށް އެކަންޏެވެ.
މި އިނާޔާތް ދިނުމަށް ނިންމާފައިވަނީ އޭޕްރިލް މަހުގެ މުސާރައާއި އެކުގައި ކަމަށްވެސް ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގް ސޮއިކޮށް ނެރެފައިވާ ސާކިއުލާގައި ވަނީ ބުނެފައި އެވެ.
މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ވަނީ ނިންމަވާފައެވެ. މިގޮތަށް ހަމަޖެއްސެވީ ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމު ކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ސަރުކާރުގެ ރިޔާސީ ވައުދަކަށްވާތީއެވެ. ރައީސް ޑރ މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި މި ނިންމުމުގެ ސަބަބުން ރައްޔިތުން ރޭ އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެވޭނެއެވެ. އަދި އުމްރާއަށް ދާން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކީގައި އެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.