1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

84% މީހުންނަށް ކޮވިޑް ވެކްސިން ފުރިހަމަ ކޮށް ރާއްޖެއިން ބޮޑު ކާމިޔާބީއެއް ހޯދައިފި

kakmuvmh-large
ރިފާއު ރަޝީދު
569ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީ، 18 އަހަރުން މަތީގެ މީހުންގެ ތެރެއިން 84 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފިއެވެ. އެޗްޕީއޭގެ އެންމެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރެއާއި ހަމަޔަށް ރާއްޖޭގައި 299،077 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރާއްޖޭގެ އާބާދީގައި ހިމެނޭ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން 84 ޕަސަންޓް މީހުން ވެސް ކޮވިޑް ވެކްސިންގެ އެއް ޑޯޒް މިހާރު ޖަހާފައިވާ ކަމަށެވެ. އަދި 12 އަހަރުން މަތީގެ ދަރިވަރުންގެ ތެރެއިން 81 އިންސައްތަ ދަރިވަރުންވެސް ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގައި ހިމެނޭ 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންގެ ތެރެއިން 66 އިންސައްތަ ދަރިވަރުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި އުންމީދަކީ މި މަސް ނިމެންވާއިރަށް 90 ޕަސަންޓްއަށް މި އަދަދުތައް ގެންދިއުން ކަމަށްވެސް މަބްެރޫކް ވިދާޅުވިއެވެ.

300 × 250

މަބްރޫކް ވިދާޅުވީ، ވަރަށް އަވަހަށް ރާއްޖޭގެ ވެކްސިން ޖެހޭ އެންމެންނަށް ވެކްސިން އެއްކޮށް ޖެހި ކޮވިޑްގެ މި ނުރައްކާތެރިކަން ވީ އެންމެ ރަނގަޅަކަށް ތިރި ކުރެވި ކުރިޔަށް ދިޔުމުގައި އިގްތިސާދީ ހަރަކާތްތައް ކުރިޔަށް ގެންދެވޭނެ ގައުމެއް ގޮތުގައި އޮތުމަކީ އުއްމީދެއް ކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، މިހާރު މި ކުރެވޭ މަސައްކަތުގެ ސަބަބުން މިހާރުވެސް އިގްތިސާދަށް ހެޔޮ އަސަރު ފެންނަމުންދާކަމަށެވެ. އެގޮތުން ޓުއުރިސްޓުން އަންނަ އަދަދު މި މަހުގެ މިހާތަނަށް އައިއިރު، ޖުލައި މަހު ފަތުރުވެރިން އައި އަދަދަށް ރާއްޖެ އައިސްފައިވާކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި މިއަދަދު ދާތީ އިތުރު ވަމުންކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަނގަޅު ވަމުން އަންނަ އިރު ބޮޑު ބަޔަކަށް ވެކްސިން ޖެހިފައިވުމަކީ އިތުރަށް ހިތްހަމަޖެހޭ ކަމެއް ކަމުގައި މަބްރޫކް ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި