1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގުޅިފަޅަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ކުރީގެ ރައީސް ސޯލިހު ވިދާޅުވި: ރައީސް ޑރ. މުއިއްޒު

Screenshot_20240330_090000_Google
ފޮޓޯ ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
365ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގުޅިފަޅަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ މަނިކުފާނު އަރިހުގައި ވިދާޅުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު މުސްތަފާ އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގްރޭޓާ މާލޭގެ ޑިވެލޮޕްމެންޓް ޕްލޭން ތައްޔާރުކުރި އިރު، ތަޖުރިބާކާރުން ބުނެފައިވަނީ ގުޅިފަޅުގެ ފަޅަކީ ޕޯޓެއް ހެދުމަށް އެކަށީގެންވާ ފަޅެއް ނޫން ކަމަށެވެ. ދެމެހެއްޓެނެވި އަދި ދުރުމުސްތަގުބަލަށް ފައިދާކުރާނެ ޕޯޓެއް ހެދޭނީ ތިލަފުށީގައި ކަމަށް ތަޖުރިބާކާރުން ބުނެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ކުރީ ސަރުކާރުން ވަނީ ހުޅުމާލެ ފަޅުންނާއި ގިރާވަރުފަޅު އަދި ގުޅިފަޅު ތަންކޮޅެއް ހިއްކަން ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

300 × 250

ރައީސް ވިދާޅުވީ އެމަނިކުފާނު  އެއިރު މޭޔަރަކަށް ހުރި އިރުގައި ބައްދަލުވުމެއްގައި ރައީސް ސޯލިހު ގާތު ގުޅިފަޅު ވާހަކަ ދެންނެވީމަ އެއީ މީހުން ދިރިއުޅެން ކަމުދާ ތަނެއް ނޫނޭ ވިދާޅުވި ކަމަށާއި ނަމަވެސް އެހެން ވިދާޅުވެފައިމެ އެތަން ހިއްކައިގެން އެތަން އަނެއްކާވެސް ބޭނުންކުރަން ފެށްޓެވިކަމަށެވެ. އަދި އެއީ ޕްލޭނެއް ނެތި ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށާއި މީހުންނަށް އެތަނުން ގޯތިގެދޮރު ދޭން ފެށްޓެވިކަމަށެވެ. އަދި ގިރާވަރުފަޅުން ވެސް ގޯތިގެދޮރު ދޭން ފެށްޓެވިކަމަށެވެ . މި ދެ ކަން ވެސް ފެށްޓެވީ ދައުރު ނިމެން ވަރަށް ގާތްވެފަ އޮއްވައިކަމަށެވެ.

"ދެން އަޅުގަނޑު މި ވައުދުވީ ނުހިއްކައި އޮތް ތަނުން ވެސް ފަޅުތެރެއިން ވެސް ދޭން ނިންމި ގޯތިތަކާއެކީގައި އެ ގޯއްޗެއް ނޫނިއްޔާމު އެ ފުލެޓެއް ދޭން ނިންމި ތާކުން ދޭނެ ކަމަށް. އެ ވައުދު އަޅުގަނޑުވިން. އެ ވައުދު މަތީގައި އަޅުގަނޑުމެން މިތިބީ. އިރާދަކުރެއްވިޔާ އެ ވައުދު ހަމަ އެގޮތަށް ފުއްދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މިހާރު ވަނީ ޕޯޓު ތިލަފުއްޓަށް ބަދަލުކޮށްފައި ކަމަށާއި ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުގެ ސަބަބުން ގުޅިފަޅުން 70 ހެކްޓަރުގެ ބިން މާލޭ މީހުންނަށް ގެދޮރު ދިނުމަށް އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. .

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި