ރަމަޟާންމަހުގެ ފަހު 10 ގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ، އަޅުކަން ގިނަކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި ރަމަޟާންމަހުގެ ފަހު 10 ގެދަރުމަ ދިވެހި ރައްޔިތުންނަށް ލިބުން އެދިވަޑައިގެން ދުޢާކުރެއްވިއެވެ. ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދުކުރައްވަން ނިންމެވީ، ރޭއަޅުކަމަށް ފުރުޞަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށް ދެއްވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ފަހު 10 ގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތެއް ދެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. މިފަހަރުގެ ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ޚާއްޞަ ފިޔަވަޅުތަކެއް ސަރުކާރުން އެޅުއްވިއެވެ. އަދި ރޯދަ ހަދިޔާ ރައްޔިތުންނަށް ބެއްސެވިއެވެ. އަދި ރޯދަމަހު ކަރަންޓާ ފެނުގެ ބިލުތައް ބޮޑުވިޔަ ނުދޭން ބިލްތަކުން ޑިސްކައުންޓެއް ދެއްވައި ވަކި މިންވަރެއް މަޢާފްކޮށްދެއްވާނެކަންވެސް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ. އަހަރުތެރޭގައި އަންނަ އެންމެ ހެޔޮކަން ބޮޑު ރޭ ކަމުގައިވާ ލައިލަތުލްޤަދްރު ވަނީ ރޯދަމަހުގެ ފަހު 10 ގެ ތެރޭގައެވެ. ފަހު 10 ގައި އަޅުކަން އިތުރުކުރުމަށް މުޅި އުންމަތަށް ކީރިތި ރަސޫލާ ވަނީ އިރުޝާދު ދެއްވާފައެވެ. އަދި އެކަލޭގެފާނުގެ ސުންނަތަށް ބަލާއިރު އެކަލޭގެފާނު އެންމެ ދީލަތިކަމާ އިޙްސާންތެރިކަން އިތުރުކުރެއްވީ ރަމަޟާންމަހުގެ ފަހު 10 ގައެވެ..

އިސްލާމްދީންމަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީޚަށްޞ ބަލާއިރު، މިއީ ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ޚާއްޞަކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ. ހަމައެހެންމެ ސަރުކާ ޕީޖީރުން މި ކޮޕާހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯއްދަވައިދެއްވި ރޯދަމަހަށް މިއަހަރުގެ ރޯދަމަޔސް ވާނެއެވެ.