1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ދެކުނު ދާއިރާގެ ކޮންގްރެސް ކޯލިޝަން ކެންޑިޑޭޓް ޝަރީގެ ކެމްޕެއިން ފޯރިޔާއެކު ކުރިއަށް!

IMG-20240330-WA0017
ކޮންގްރެސް ކޯލިޝަން ކެންޑިޑޭޓް ޝަރީގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން މިއަދު ބޭއްވި ސައިކަލު ބުރު
އައިޝަތު އަންޖަަލް
481ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތިނަދޫ ސިޓީގެ ދެކުނު ދާއިރާ އަށް ގެ ޕީޕީއެމް ޕީއެންސީ ނުވަތަ ސަރުކާރުގެ ކެންޑިޑޭޓް ޢަބްދުﷲ ޝަރީފް (ޝަރީ) ގެ ކެމްޕެއިން ޓީމުން ތިނަދޫ ގައި ކުރިޔަށް ގެންދާ ކެމްޕޭންގެ ސިލްސިލާ ހަރަކާތްތައް ފޯރިޔާ އެކު ކުރިޔަށް ގެންދިޔުމުގެ ގޮތުން ހަރަކާތްތެއް ކުރިޔަށް ގެންގޮސްފިއެވެ.

އެގޮތުން މިއަދު އެ ސިޓީ ކުރިޔަށް ގެންގޮސްފައި ވަނީ ސައިކަލު ބުރެކެވެ. ޝަރީ އަށް ތާއީދު ކުރާ ގިނަ ބަޔަކު ބައިވެރިވި މި ސައިކަލު ބުރު ކުރިޔަށް ގެންގޮސްފައި ވަނީ ތިނަދޫ ސިޓީގެ މަގު ތަކުގައެވެ.

ސައިކަލު ބުރުގައި ބައިވެރިވި ފަރާތްތަކުން ވަނީ ޝަރީ ގެ ކެނޑިޑޭޓު ނަންބަރު 2 ދައްކައި އެމީހުންގެ ޝުޢޫރު ފާޅު ކޮށްފައެވެ.

300 × 250

IMG-20240330-WA0016ޝަރީގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން މިއަދު ބޭއްވި ސައިކަލު ބުރު

ތިނަދޫ ދެކުނު ދާއިރާ އަށް ސަރުކާރުގެ ކެންޑިޑޭޓްގެ ގޮތުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ކެމްޕެއިން ހަރަކާތްތައް ތިނަދޫ ސިޓީގެ އިތުރުން މާލެ ސަރަހައްދުގައި ކުރިޔަށް ގެންދާ އިރު ކޮންމެ ހަފުތާ އަކުވެސް ދަނީ ތަފާތު ބޮޑު ހަރަކާތްތައް ބާއްވަމުންނެވެ.

IMG-20240330-WA0015ތިނަދޫ ސިޓީގައި ކުރިއަށްގެންދިޔަ ސައިކަލު ބުރު

ޕީޕީއެމް ޕީއެންސީ ގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެސް ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި