ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދިފާއުގައި ނިކުމެވަޑައިގެން އެމަނިކުފާނު ކުރައްވާ ބުރަ މަސައްކަތުގެ ފޮނި ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ނާއިބް ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.


ޕީޕީއެމް/ޕީއެންސީ އަށް އެއްވެސް ދިރުމެއް ދެއްވުމަށް ރައީސް ޑރ. މުއިއްޒު ބޭނުންފުޅު ނުވާ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެފައިވެފައިވާތީ، ޕީޕީއެމް/ ޕީއެންސީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ގެންދަވަނީ ރައީސް ޔާމީންގެ އެ ވާހަކަފުޅަށް އެކްސްގައި ރައްދު ދެއްވަމުން ދިޔަ ބަހުސްގެ ތެރެއިން ނާއިބް ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ ޕީޕިއެމް/ ޕީއެންސީގެ ލީޑަރަކީ ރައީސް މުޢިއްޒު ކަމަށާއި އެ ދެ ޕާޓީގެ ލީޑަރޝިޕް އޮތީ އެމަނިކުފާނާއެކު ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދުމަށް ފިސާރި ސާބިތުކަންމަތީގައި ކަމަށެވެ.



ނާއިބް ރައީސް ވިދާޅުވީ އެމްޑީޕީން ގައުމު ވައްޓާލި އަނދަވަޅުން ގައުމު ނަގައި ހަމަމަގަށް އެޅުވުމަށް ރެއާއި ދުވާލު ރައީސް މުޢިއްޒު ވަރަށް ބުރަ މަސައްކަތްޕުޅު ތަކެއް ކުރަށްވަމުން ގެންދަވާ ކަމަށެވެ.