1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދަރުމަވަންތަ މިސްކިތުން މިފަހަރު ވަގަށް ނެގީ ފެންމޯޓަރު

Screenshot_20240331_061817_Samsung Internet
ފޮޓޯ ސިޓީ ކައުންސިލް
މަރްޔަމް ޝަފާ ސައީދު
234ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު ވަގަށް ނަގައިފިކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެ ކައުންސިލުން ވިދާޅުވީ އެ މިސްކިތުގެ ފެން މޯޓަރު ވަގަށް ނަގާފައިވަނީ މާރޗު 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މިކަމާއިގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން 'އެކްސް' ގައި ވިދާޅުވީ ކުށް ހިނގި ތަނަށް ހާޟިރުވެ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

300 × 250

މިފަހަަށް އައިސް މާލޭގައި ވައްކަން ކުރުން އާންމުވެފައިވާއިރު، މާރޗު 24 ވަނަ ދުވަހުގެ ރޭ ވަނީ ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވެސް ވަގަށް ނަގާފައެވެ.

އެ މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވީނަމަވެސް އެ މައްސަލަތަކުގައި މީހަކަށް ފިޔަވަޅު ކަމެއް ފުލުހުން އަދިހާމަކުރައްވާފައެއް ނުވެއެވެ

މީގެ އިތުރުން ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާޚާނާގެ ތައްޓާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ވެސް ބަޔަކުމީހުން ވަނީ ގެއްލުންދީފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި