1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޖިލިސް އިންތިޚާބުގެ ދާއިމީ ވޯޓަރސް ލިސްޓުގައި ސޮއިކުރުން ފަށައިފި

d54813f0-8b3c-44d3-a955-49470ddd126d
ފޮޓޯ ރާއްޖެޓީވީ
މަރްޔަމް ޝަފާ ސައީދު
327ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ދާއިމީ ވޯޓަރސް ލިސްޓުގައި ކެންޑިޑޭޓުންނާއި މަންދޫބުން ސޮއިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއިން 368 ކެންޑިޑޭޓުން ވާދަކުރެއެވެ.

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުން ކުރިއަށްދަނީ ދެ ދުވަހުގެ މުއްދަތަކަށެވެ.

300 × 250

އެގޮތުން ހޮނިހިރު އަދި އާދީއްތަ ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަދި ރޭގަނޑު 09:00 އިން 12:00 ގެ ނިޔަލަށް ސޮއިކުރުން ކުރިއަށްދާނެއެވެ. ވޯޓަރސް ލިސްޓުގައި ސޮއިކުރުން ކުރިއަށްދަނީ އިންތިޚާބާ ބެހޭ މައި މަރުކަޒު ދަރުބާރުގޭގައެވެ.

ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން އަންނަނަމަ އެކަން ބަޔާންކޮށް ބަދަލުގައި އަންނަ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް، ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންޖެހޭނެކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރެއެވެ. އަދި ސޮއިކުރަން ހާޒިރުވާއިރު އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންދަންވާނެއެވެ.

ފައިނަލް ވޯޓަރސް ލިސްޓް އާއްމުކުރީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި