ތިންރެއެއްގެ މަތިން ތަޤުވާ މިސްކިތުން 7 ފަންކާ ވަގަށް ނަގައިފިއެވެ.
ސިޓީ ކައުންސިލުން އެކްސް.ކޮމްގައި ހިއްސާކޮށްފައިވާ ވީޑިޔޯފުޓޭޖަކާއެކު ބުނެފައި ވަނީ ތަޤުވާ މިސްކިތުން ތިން ރެއެއްގެ މަތިން 7 ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެވީޑިޔޯ މިހާރު ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށްވެސް ސިޓީކައުންސިލުން ބުނެފައިވެއެވެ.
މި ވީޑިޔޯއިން ފެންނަނީ ޒުވާނަކު މިސްކިތަށް ވަދެގެން އައިސް ފަންކާއެއް ނަގައިގެން ނުކުމެގެންދާ މަންޒަރެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުން ވަގަށް ނަގާނެ ކޮންމެވެސް އެއްޗެއް ފެނޭތޯ ބަލާލާފައި ފަންކާ ފެނުމާއެކު އެދިމާއަށް ގޮސް ފަންކާ ނަގައިގެންދާ މަންޒަރުން އެއްވެސް ޖެހިލުންވުމެއް ބިރެއް ނުފެނެއެވެ.
https://twitter.com/MaleCitymv/status/1774299625756950827
މި ރޯދަމަހު މިސްކިތްތަކުން ފަންކާ ވަގަށް ނެގުމާއި އެހެނިހެންވެސް ތަކެތި ވަގަށް ނެގުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. މީގެ ކުރިން ދަރުމަވަންތަ މިސްކިތުން ދެ ފަންކާ ވަގަށް ނަގާފައިވާއިރު ހަމަ އެ މިސްކިތުގައި ހުރި ފެންމޯޓަރުވެސް ވަނީ ވަގަށް ގެންގޮސްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.