1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް ޑރ މުއިއްޒުގެ މަޖިލިސް އިންތިހާބު ކެމްޕެއިން، މައްޗަންގޮޅި މެދު ދާއިރާގައި

vv
ފޮޓޯ: ޕީޕީއެމް/ޕީއެންސީ
މަރްޔަމް ޝަފާ ސައީދު
252ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ކެނޑިޑޭޓުންގެ މާލޭ ކެމްޕޭންގެ ހަރަކާތްތައް ކޮންމެ ދުވަހަކުވެސް ރައީސް މުއިއްޒު ކުރިޔަށް ގެންދަމުންދާއިރު، މިއަދުގެ ޑޯޓުޑޯ ހަރަކާތް ކުރިއަށް މައްޗަންގޮޅި މެދު ދާއިރާގައި ކުރިއަށް ގެންދަވައިފިއެވެ..

މިއަދު މެންދުރު 1:15 އިން 3:00 އަށް ކުރިއަށް ގެންދިޔަ މި ޑޯޓުޑޯ ގައި ރައީސް ޑރ މުއިއްޒުގެ އަރިހުގައި ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވަނީ އަހްމަދު ޟަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކެމްޕޭން ހަރަކާތުގެ ދަށުން އިއްޔެ ވެސް ރައީސް މުއިއްޒު ހެންވޭރު ދެކުނާއި މެދު ހެންވޭރު ދާއިރާގެ ދޮރުން ދޮރަށް ހިންގަވާފައިކަން ފާހަގަކޮށްލަންޖެހެއެވެ.

300 × 250
67

ރައީސް ޑރ މުއިއްޒުއާއި ޟަމީރު

މި ޙަރަކާތުގެ ތެރެއިން މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ރައީސް މުއިއްޒު ވަޑައިގެންނެވިއިރު، އެ ޙަރަކާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން، ސްޓޭޓް މިނިސްޓަރުން އަދި ނައިބު ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 21 ވަނަ ދުވަހުއެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 600 އެއްހާ ފޮށި އެކި ސަރައްހަދުތަކުގައި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ކޮންމެ ފޮއްޓަކަށް ވޯޓްލާނީ ގިނަވެގެން 600 އެއްހާ މީހުންކަމަށްވެސް އިލެކްޝަން ކޮމިޝަނުން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ. މި އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ ބޭފުޅުން ހިމެނޭގޮތަށް ޖުމްލަ 371 ކެންޑިޑޭޓުން ވާދަކުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި