ޅ. ނައިފަރުގެ މިސްކިތްތަކުގައި މި އަހަރުވެސް އިމާމުވެ ދަމު ނަމާދު ކުރާނީ ސްކޫލް ދަރިވަރުން ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. އެރަށުގައި ސްކޫލް ދަރިވަރުން ހިމަނައިގެން ހިފްޒުކޮށް ތަރާވީހް ނަމާދާއި ދަމު ނަމާދު ކުރާތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެއްޖެއެވެ.

އެރަށު ހަތަރު މިސްކިތެއްގައި އިމާމުވެ ދަމު ނަމާދުކުރާނީ 10 ދަރިވަރެކެވެ. ރެއިން ފެށިގެން މި ދަރިވަރުން މިސްކިތްތަކުގައި ދަމު ނަމާދު ކުރާއިރު، މިދިޔަ އަހަރު މިގޮތަށް އިމާމްވެ ނަމާދު ކުރި ދަރިވަރުންގެ އަގު ވަޒަން ކޮށްފައި ވެއެވެ.

މިފަހަރު ޅ. ނައިފަރުގެ މިސްކިތްތަކުގައި ދަމު ނަމާދު ކުރާ 10 ދަރިވަރުންނަކީ

  1. ޔޫސުފް ޒަކްނޫން މުހައްމަދު ޖުނައިދު
  2. ޒާލިފް މަދީހް
  3. މުހައްމަދު ހާދިން ސައުދުﷲ
  4. މުހައްމަދު ޔަޒިން ޔާސިރު
  5. އާސިރު އާސިފް ޔޫސުފް
  6. މިރުއާޝް ހުސައިން މިރުޒާ
  7. އަބްދުﷲ ޝައިއާން އަބްދުލްވާހިދު
  8. އަބްދުﷲ ޒަކުވާން މުހައްމަދު ރިކްޒާން
  9. އަބްދުﷲ ހަޔާން ހަމީޒު
  10. އިސްމާއީލް އަޝްހަމް އަހުމަދު

މީގެ ތެރެއިން ގިނަ ދަރިވަރުންނަކީ މިދިޔަ އަހަރުވެސް އެރަށު މިސްކިތްތަކުގައި އިމާމްވެ ތަރާވީސް ނަމާދާއި ދަމު ނަމާދު ކުރި ދަރިވަރުންނެވެ. މިދިޔަ އަހަރު އަށް ދަރިވަރަކު މި ކަމުގައި ބައިވެރިވިއިރު، މި އަހަރު އެ އަދަދު ވަނީ 10 އަށް އިތުރު ވެފައެވެ.