ހައުސިން ކޮމިޓީގެ ޗެއާއަކަށް އައްޔަން ކުރެވުނު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު ކޮމިޓީއިން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޓީގެ އާ ޗެއާއަކަށް އެޗްއާރުސީއެމްގެ ކުރީގެ ރައީސާ އާމިނަތު އީނާސް ހަމަޖައްސައިފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމް އާއި ގުޅޭ ފަސް މެންބަރުންގެ ހައުސިންގ ކޮމިޓީއެއް އެކުލަވާލާފައިވަނީ 26 ފެބްރުއަރީ 2024 ގައެވެ. ނަމަވެސް އެ ކޮމިޓީގެ ޗެއަރ އަކަށް ހަމަޖެއްސެވުނު އަނީސާގެ ބަލި ހާލަތު ހުރި ގޮތުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެހެންކަމަށްވުމާއެކު، ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގޯއްޗާއި ފްލެޓްތަކުގެ މައްސަލަތައް ބެލުމަށްޓަކައި މިދިޔަ ފެބްރުއަރީ މަހު އެކުލަވާލި ހައުސިން ކޮމިޓީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ތިން މެންބަރަކު އިތުރުކޮށްފައިވާ ކަމަށާއި އަނީސާ އިސްތިއުފާދެއްވުމުން އެ ކޮމިޓީގެ ޗެއާކަމަށް އެހެން ބޭފުޅަކު އައްޔަން ކުރެވިފައިވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.