1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލު ކުރުމުން، ގޮނޑި ގެއްލޭ ގޮތަށް ގެނައި އެންޓި ޑިފެކްޝަން ބިލު ފާސްކޮށްފި

aw12
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މަރްޔަމް ޝަފާ ސައީދު
247ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލު ކުރުމުން، ގޮނޑި ގެއްލޭ ގޮތަށް ގެނައި އެންޓި ޑިފެކްޝަން ގާނޫނު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބާރަށު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅި މި ބިލަށް ގިނަ އިސްލާހުތަކެއް އެ މަސަައްކަތަށް އެކުލަވާލި ކޮމިޓީން ގެނަ އެވެ. މެމްބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގާނޫނެއް ގެނައުމަށް 33 މެމްބަރަކު ވޯޓު ދިން އިރު، ދެކޮޅަށް ވޯޓު ދީފައި ވަނީ 06 މެމްބަރުންނެވެ.

އެމްޑީޕީގެ ހަތް މެމްބަރުން ހިމެނޭ ގޮތަށް ނެގި ކޮމިޓީން ބިލަށް ގެނައި އެންމެ ބޮޑު ބަދަލަކީ ގޮނޑި ގެއްލޭނެކަމަށް ގާނޫނުގައި ބުނި ނަމަވެސް އެ މެމްބަރަކު އަމިއްލައިން އިސްތިއުފާ ދޭން ޖެހޭނެކަމަށް ބަޔާން ކުރުމެވެ.

300 × 250

މި ގޮތަށް ބިލު ބަދަލުކޮށްފައި ވަނީ ރިކޯލް ވޯޓެއް ނަގާނަމަ ބައި- އިލެކްޝަންތަކަށް ދާ ހޭދަ އިތުރުވާނެތީ އެއީ ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭނެ ކަމެއް ކަމަށްވާތީ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

ސަންގު ޓީވީއަށް ދެއްވި ހައްސަ އިންޓަރވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިންތިހާބީ މަގާމުތަކަށް ހޮވޭ ސިޔާސީ ޕާޓީތައް ދޫކުރުމުން، ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި ބިލަށް ތާއީދު ކުރާކަމަށާއި ޕާޓީއެއްގެ ސިޔާސަތުތަކެއް ވިއްކައިގެން މަގާމަށް އައުމަށް ފަހު އެހެން ފިކުރަކާ ގުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

ރައީސް ވިދާޅުވީ ގިނަ ފަހަރަށް މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރާ މަގުބޫލު ސަބަބުތައް ހުންނަކަމަށެވެ. މިސާލެއްގެ ގޮތުގައި އެމްޑީޕީގެ އެތެރޭގެ އުސޫލުތައް ގަބޫލު ނުކުރެވޭތީ ސަރުކާރާ ގުޅުނު 13 މެމްބަރުން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ އެރޭގެ ޖަލްސާގައި ވެސް އެކަން އެނގިގެން ދިޔަކަމަށެވެ. އެކަމަކު އުސޫލެއްގެ ގޮތުން ބަލާއިރު، ޕާޓީގެ ސިޔާސަތުތަކެއް ވިއްކައިގެން އިންތިހާބީ މަގާމަށް އައުމަށް ފަހު ދެމި ހުރުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތްކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ސިޔާސީ ޕާޓީގެ އެތެރޭގެ ޕްރައިމެރީގައި ވާދަކޮށް، ލިބޭ ޓިކެޓުގައި މަގާމަށް އިންތިހާބު ވެގެން އަންނަނީ ޕާޓީގެ ޕޮލިސީތައް ވިއްކައިގެން ކަމަށެވެ. އެކަމަކު އޭރު ގަބޫލު ކުރި އަސާސްތައް ދޫކޮށްލުމަށް ފަހު އެހެން ފިކުރަކާ ގުޅުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެންޓި ޑިފެކްޝަން ގާނޫނަކަށް މީގެ ކުރިންވެސް އަމަލުކުރި އެވެ. އެ ގާނޫނުގައިވާ ގޮތުން މެމްބަރަކު ޕާޓީ ބަލަދުކޮށްފިނަމަ ވަގުތުން އޭނާގެ ގޮނޑި ގެއްލޭނެ އެވެ. ނަމަވެސް, 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީއަށް ފަހު މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް ލިބި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ފާސް ކުރި އެވެ. އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސް ކުރި ކުރުން ތަސްދީގު ކުރެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި