1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާލޭ ސިޓީގެ މަގު ހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ނިމެންވާއިރަށް ފެށޭނެ: ރައީސް ޑރ. މުއިއްޒު

ެ55
މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓްގެ ކަމްޕޭނު
މަރްޔަމް ޝަފާ ސައީދު
250ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭ ސިޓީގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދަން ސަރުކާރުން ނިންމާފައިވާއިރު މަގު ހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ނިމެންވާއިރަށް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މައްޗަންގޯޅި އުތުރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދުގެ ކެމްޕޭން ހަރަކާތް ރަސްމީކޮށް ފައްޓަވާ، ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރާއިރު ވަރަށް ގިނަ ކަންކަން ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. އަދި މިއަހަރުގެ ބޮޑު ބައި ދާނީ ހުރިހާ "ޑިއު ޕްރޮސެސް" އެއް ނިންމަން ކަމަށް ރައީސް ވިދާޅުވިއެވެ.

މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ނިމެންވާއިރަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

300 × 250

"އެ މަސައްކަތް ހިލޭ އެހީގެ ދަށުން ކުރާއިރު ހުރޭ ޕްރޮސެސްތަކެއް ފުރިހަމަ ކުރަންޖެހޭ. މިއަހަރުގެ ބޮޑު ބައި ދާނީ ހުރިހާ ޑިއު ޕްރޮސެސްއެއް ނިންމަން. އަމަލީ މަސައްކަތް މި އަހަރު ނިމެންވާއިރަށް ފެށޭނެ. މާލޭގެ ބޮޑެތި މަގުތަކާއި ކުދި މަގުތައް ހިމެނޭހެން ޗައިނާގެ ހިލޭ އެހީގެ ދަށުން މަގުތަކުގެ އަޑީގައި އަޅަންޖެހޭ ހޮޅިތަކާ ޑްރައިނޭޖްއާ ސްޓޯމްވޯޓަރ މައްސަލައާ ފައިހައިޑްރެންޓް ހިމެނޭހެން މި މައްސަލަތައް އަޅުގަނޑުމެން ހައްލު ކުރާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ދެވަނައަށް އެންމެ އިސްކަމެއް ދެއްވައިގެން ހައްލު ކުރައްވާނީ މަގުތަކުގެ މައްސަލަ ކަމަށެވެ. އެގޮތުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތަކެއް ހަދަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަސައްކަތުގެ ކަމާބެހޭ ޓީމެއް މިހާރު ރާއްޖޭގައި އުޅޭ ކަމަށާއި ފަންނީ މަސައްކަތްތައް ނިމުމުން މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫއަކީ މާލޭގެ މަގު ހެދުމުގެ މަޝްރުއޫ ކަމަށް ރައީސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ރައީސް ކުރިން، މޭޔަރަކަށް ހުންނެވިއިރު މާލޭގެ މަގުތަކުގެ މައްސަލަ ހައްލު ކުރަން އުޅުއްވި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ވެސް މެޖޯރިޓީ އޮތް އެމްޑީޕީ ސަރުކާރުން ރައީސް ޑރ. މުއިއްޒު، މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތުމުން އޭރު ހިނގަމުންދިޔަ މަގުގެ މަޝްރޫއުގެ ބަޖެޓް ހިފަހައްޓާ ކެންސަލް ކުރި ކަމަށެވެ. ނަމަވެސް އޭރު ބަޖެޓްވެސް އޮތީ އެ މަޝްރޫއަށް ކަނޑައަޅާފައި ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި