1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޖިލިހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމާއެކުވެސް މާލެއަށް ކޮށްދެވުނު ކަމެއް ނެތް: ރައީސް

788
މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓްގެ ކަމްޕޭނު ހަރަކާތް
މަރްޔަމް ޝަފާ ސައީދު
258ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމްޑީޕީގެ ވެރިކަމުގައާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީވެސް އެމްޑީޕީ ކަމަށްވީ ނަމަވެސް މާލެ އަށް ކޮށްދެވުނު ކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މައްޗަންގޯޅި އުތުރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދުގެ ކެމްޕޭން ހަރަކާތް ރަސްމީކޮށް ފައްޓަވާ، ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީގެ ސަރުކާރު ފަސް އަހަރު ދުވަހު އޮވެ ނިމިގެންދިޔައިރު ވެސް މާލޭގެ ތަރައްގީއަށްޓަކާ ކޮށްދެވުނު ކަމެއް ދެއްކެން ނެތް ކަމަށެވެ.

އެމްޑީޕީން 2018 ގައި ވެރިކަމަށް އަންނަން ވެގެން އަދި 2019 ގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ވެސް މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ވާހަކަ އާއި ފްލެޓު ދޭނެ ވާހަކަ ދެއްކި ކަމަށާއި ވެރިކަމާއި ސުޕަރމެޖޯރިޓީ ލިބުމުން އެކަން ވެސް ނުވި ކަމަށް ރައީސް ވިދާޅުވިއެވެ.

300 × 250

"މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭން ކުރީ ސަރުކާރުން މަސައްކަތް ފެށީ ރިޔާސީ އިންތިހާބު ގާތްވުމުން، އެކަންތައްތައް ވެސް ވި ގޮތް ރަނގަޅަށް ރައްޔިތުންނަށް އެނގޭނެ. އެހެން ކަންތައްވުމުން ރައްޔިތުން ނިންމީ އަޅުގަނޑު ފްލެޓާއި ގޯތި ދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދަށް އިތުބާރު ކުރަން. ދެން މިހާރު ތިމަންމެންނަށް އަނެއްކާވެސް އެ މެޖޯރިޓީ ދިނީމައޭ މާލޭގެ ރައްޔިތުންނަށް ގޯތި ލިބޭނީ، މި ވާހަކަ ދެއްކީމާ ގަބޫލުކުރާނެ ބޭފުޅަކު އަޅުގަނޑު ހިތުން ނުހުންނާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ގެދޮރުގެ މައްސަލަ އަށް އެއްވެސް ހައްލެއް ގެނެވިފައި ނުވާ ކަމަށާއި ނަމަވެސް މި ސަރުކާރުން އެ މައްސަލަ އަށް ހައްލެއް ގެނައުމަށް ވެރިކަމުގެ ފުރަތަމަ މަހުން ފެށިގެން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައީސް ވަނީ ރަސްމާލޭ ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް އަލިއަޅުއްވާލައްވާފައެވެ.

އަމިއްލަ ގޯތީގައި ގެދޮރު އިމާރާތް ކުރުމަށް، ފަސް ޕަސަންޓަށް ވުރެ އިންޓްރަސްޓް ބޮޑުނުވާ ގޮތަށް ދޫކުރާ ގެދޮރުގެ ލޯނުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި