ހުޅުމާލެއިން 13 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ރ. އިނގުރައިދޫ، ކަނބުރުގެ، ޢާއިޝަތު ޒީވާ ސަޢީދު، 13 އަހަރު (މިހާރު ދިރިއުޅޭ އެޑްރެސް: ހުޅުމާލެ ފޭސް 2، އެޗް 12) އެވެ.

ފުހުން ބުނެފައިވާ ގޮތުގައި ޒީވާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭޕްރިލް 01 ވަނަ ދުވަހުގެ ރޭ 07:45 އެހައިކަންހާއިރު ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް އެ އިދާރާއިން ދަނީ ކުރަމުންނެވެ.

އެ އާއިލާއާ ހަވާލާދީ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޢާއިޝަތު ޒީވާ ސަޢީދު އެންމެ ފަހުން ފެނިފައިވަނީ އޭޕްރިލް 01 ވަނަ ދުވަހުގެ 18:00 އެހައިކަންހާއިރު، އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުން ކަމަށެވެ. އެއިރު ޒީވާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެ ޕޮކެޓް ޖިންސެއްކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ޢާއިޝަތު ޒީވާ ސަޢީދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.