އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ވާދަނުކުރެއްވޭނެ ކަމަށް ނިންމައި އެކަމަށް އެއްވެސް ޖަވާބެއް ނުލިބުމުން އެމައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ. ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ އިންތިހާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅި ޝަކުވާއަށް އެއްވެސް ޖަވާބެއް ނުލިބި އިންތިޚާބަށް އެންމެ 30 ދުވަސް ވެފައިވާތީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނަށް މިއަދު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް މަހްލޫފް ކުރިމަތިލެއްވި ނަމަވެސް އެ އިންތިޚާބަށް ކުރިމަތި ލުމުގެ ޝަރުތު ހަމަ ނުވާ ކަމަށް އެމްޑީޕީ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާ މަހުލޫފަށް ފޮނުއްވެވި ސިޓީގައި ބުނެފައިވެއެވެ.
މަހްލޫފްގެ ޝަރުތު ހަމަނުވާ ސަބަބެއްގެ ގޮތުގައި އެ ސިޓީގައި ފާހަގަކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އޮތް ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްޑީޕީއަށް އަންގާފައިވާތީ ކަމަށް އެ ސިޓީގައިވެއެވެ. ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން އޮތީ ފާސްކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.